ނ. ފޮއްދޫގައި 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ހަތަރު މަޝްރޫއަކ،ީ ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއާއި ފޮއްދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫއާއ،ި ފޮއްދޫ ފިޓްނަސް އެންޑްރެކްރިއޭޝަން ސެންޓާ އިމާރާތްކުރުމުގެ މަޝްރޫއުގެ އިތުރުުން ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝަރޫއުއެވެ.
އެގޮތުން ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
އަދި ފޮއްދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން އިފްތިތާހުކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑްޓެކްނޯލޮޖ،ީ އަލީ އިހުސާން އެވެ.
މީގެ އިތުރުން ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓާ އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު އިފްތިތާހު ކޮށްދެއްވިއިރު އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝަރޫއުގެ އަމަލީ މަސައްކަތް ފެށުން އިފްތިތާހުކޮށްދެއްވާފައިވަނީ ހައުސިންގް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ.
އެމްޓީސީސީން ބުނި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައިވާއިރު އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެގޮތުގެ މަތިން 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. ފޮއްދޫ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫއުތަކު ގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަމަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމާފައިވެއެވެ.