ކުޑަ އިންޓަރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިންގްގެ ލޯނު ދޫކުރަން ފަށަން ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް(ބީއެމްްއެލް)އާއެކު މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. އަބްދުالله މުއްތަލިބުއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވީ މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން 5 ޕަސެންޓު ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

ފަސް ޕަސެންޓުގެ އިންޓަރެސްޓުގައި ދޫކުރާ އެ ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި 2،256 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ރަށްތަކަށް ހާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އާބަން ސެންޓަރުތަކަށް ހާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ހާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމެވެ.

ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރަން ފަށަން ބީއެމްްއެލްއާއެކު ސޮއިކުރުން / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މި ލޯނު ސްކީމް މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކުރީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައެވެ. އަދި މި ޕްރޮގްރާމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތި ހާލުގައި އުޅޭ އެތައް އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ހޯދުމަށް މަގުފަހިވެގެން ދާނެއެވެ.