އެމްޓީސީސީ އަކީ ރާއްޖޭގެ ކާސްޓްރޯލްގެ ސޯލް ޑިސްޓިބިއުޓާ ކަމަށާއި އެހެންކަމުން އެއްވެސް އިތުރު އެހެން ފަރާތަކުން ރާއްޖޭގައި ކާސްޓްރޯލް ވިއްކާކަަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
ކާސްޓްރޯލް ވިއްކާކަމަށް ބުނެ އެހެން ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅޭ ގޮތަށް އިޝްތިހާރު ކުރަމުން އަންނާނީ އެމްޓީސީސީއިން ނެރުނު ބަޔާނެއްގައިވަނީ ކާސްޓްރޯލް ސިންގަޕޫރް ޕްރައިވެޑް ލިމިޓެޑާއި އެ ކުންފުންޏާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން އެމްޓީސީސީ އާކީ ރާއްޖޭގެ ކާސްޓްރޯލްގެ ސޯލް ޑިސްޓިބިއުޓާ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ކާސްޓްރޯލް މަރުކާގެ އެއްވެސް މުދަލެއް އެތެރެކޮށް، ވިއްކާ މާކެޓްކުރުމަކީ ގާނޫނީ ކުށައްކަމުގައި އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ކާސްޓްރޯލް ވިއްކާކަަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް އިލްތިމާސްކުރަމުން އެމްޓީސީސީން ބުނީ މިފަދަ އަމަލުތައް ކުރުމަކީ ވިޔަފާރީގެ ރޫހާވެސް ހިލާފުކަމެއް ކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އެއްވެސް ފަރާތަކުން އެ ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާނެފަދަ އަމަލެއް ކުރިކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ އެކަން ކުށްވެރިކޮށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާއި އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ތަރަހައިގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގައެވެ،