40 ފުޅި ބަނގުރަލާއެކު ހުޅުމާލެ ފޭސް 1އިން 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ހުޅުމާލެ ފޭސް 1 ގެ މިދިލި މަގުގައި AB1B C4278 ނަންބަރު ވޭނު ހުއްޓުވުމަށްފަހު ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 މިލިލީޓަރުގެ 40 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ވޭނުގައި ތިބި އިންޑިއާގެ 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީ އަދި އުމުރުން 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީއެވެ.

ފުލުހުން އިތުރަށް ބުނީ ވޭނު ޓޯކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.