ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ކާޑުން، ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކައިގެން އާއިލާއާ އެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން 4 އާއިލާއަކަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ހޮވޭ މީހުންނަށް ހަތަރު މީހުންގެ ދެކޮޅު ޓިކެޓާއި ހަތަރު ދުވަހުގެ ހުރުމުގެ އިތުރުން ދަތުރުގައި ބޭނުން ކުރުމަށް 500 ޑޮލަރު ވެސް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް 5،000 ރުފިޔާގެ ވިޔަފާރި ކުރަން ޖެހޭއިރު މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ފަރާތްތަކުން އަންނަ އޮކްޓޫބަރުގެ ކުރިން ދަތުރުކުރަން ޖެހެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.