ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި، ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ އެ ކުއްޖާ ސްކޫލަށް ނުވަންނަކަމަށް، މީޑިއާ އަށް ކުރިން ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

އޭގެ ފަހުން މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، 12:18 ހާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ކުއްޖާ ފެނިފައިވާ ކަމަށާއި، ހާލު ރަނގަޅު ކަމަށެވެ.

މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.