މިރޭ 19:00 އިން ފެށިގެން މާލެ އާރް10 އަދި 11ގެ ބަސް ދަތުރުތައް މެދުކަނޑާލަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ބަސް ދަތުރުތައް މެދުކަނޑާލަން ނިންމީ މިއަދު މާލެ ސިޓީ ކައުންސިލުން އޯކިޑު މަގު ބަންދު ކުރުމަށް ނިންމުމާ ގުޅިގެން ކަމަށެވެ.
އެމްޓީސީސީ އިން ވަނީ މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 20 މީހުންގެ ޖާގައިގެ 18 ބަހެއް ބޭނުންކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި 6 އީވީ މިނީ ބަހެވެ.
މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރާ އިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން މީގެކުރިން ވަނީ ބުނެފައެވެެ.