މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހަދައިފިއެވެ.

ފުލުހުން ބުނީ މިދިޔަ އޭޕްރިލް 12 ވަނަ ދުވަހު 05:18 ހާއިރު މާފަންނުގައި ހިންގާ ގެސްޓުހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ އދ. ދަނގެތި، ހަވީރީ މަންޒިލް، އިބްރާހިމް ހަސީބު (28އ) ކަމަށެވެ.

އޭނާގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 23:30 ގައި އޭނާގެ މައްޗަށް ވަނީ ކަށުނަމާދުކޮސް ވަޅުލާފައެވެ.

ހަސީބުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެެވެ.

ފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި މަރުތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.