ރާއްޖެއަށް ސިއްރުން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް އަނެއްކާވެސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މި ތަކެތި ހިފަހައްޓާފައިވަނީ އިއްޔެ ހުޅުމާލެ ސިކާގޯ ޓާމިނަލުންނެވެ.

އެގޮތުން ޖުމްލަ 13،600،000 ކަސްޓަމުން ވަނީ ހިފަހައްޓާފައެވެ. އެއީ ގާތްގަނޑަކަށް 680,000 ކުދި ސިނގިރޭޓު ފޮށްޓެވެ. ނަމަވެސް ހިފެހެއްޓި ސިނގިރޭޓު ފުލުހުންނާ ހަވާލުކުރި ކަމެއް ނުވަތަ އެ މައްސަލައިގައި އެއާޕޯޓުން މީހަކު ހިފެހެއްޓި ކަމެއް ކަސްޓަމުން އަދި ހާމައެއް ނުކުރެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެލާނާ އެއާޕޯޓްގެ ފުރާ މީހުންގެ ޓާމިނަލުން ނެރެން އުޅުނު ކޮތަޅުތަކެއްގެ ތެރެއިން ސިނގިރޭޓު ކާޓަންތަކެއް ފެނުނު މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލާގައި ތުހުމަތު ވަނީ ފުލުހަކަށާއި ކުރިން ފުލުހަކަށް އުޅުނު މީހަކަށެވެ. އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާ ވެސް ވަނީ އައްޑޫ މަގުން ގަވައިދާ ހިލާފަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު ހިފަހައްޓާފައެވެ.

ވަގަށް އެތެރެ ކުރަން އުޅުނު ސިނގިރޭޓުތައް

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ބިޑި އަދި ސުއްޓާ ކަހަލަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ އެވެ.