10،000އަށްވުރެ ބޮޑު މުސާރައާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީއިން މުވައްޒަފުން ހޯދަމުން ދަނީ 3 މަގާމަށެވެ. އެއީ ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް 20 މުވައްޒަފުން، ކާޕެންޓާގެ މަގާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަގާމަށް 20 މުވައްޒަފުންނެވެ.

ޓެކްނިކަލް އެސިސްޓެންޓްގެ ޝަރުތުތައް:

  • އަސާސީ ތައުލީމް ހާސިލްކޮށްފައިވުން

ކާޕެންޓާ އަދި މޭސަންގެ ޝަރުތުތައް:

  • 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

އެމްޓީސީސީއިން ބުނީ ޓެކްނިކަލް އެސިސްޓެންޓުންގެ މުސާރައަކީ 10،000 ރުފިޔާ ކަމަށާއި ކާޕެންޓާ އަދި މޭސަންގެ މުސާރައަކީ 11،400 ރުފިޔާ ކަމަށެވެ. މީގެ އިތުރުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގެ އިތުރުން ޕެންޝަން ސްކީމް އަދި ކެއުމާއި ހުރުމުގެ އިންތިޒާމް އެމްޓީސީސީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުގެ ރޭ 11:59ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށް އެމްޓީސީސީއިން ވަނީ އެދިފައެވެ.