ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކާއި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ސީޕްލޭން ސަރަހައްދުން ނުކުތް ވޭނާކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު ހަވީރު 5:53 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި އިން 6 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖާއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.