ދައުލަތް ހިންގުމަށް 19 މިނިސްޓްރީއެއް ކަނޑައަޅާފައިވާ އިރު އޭގެތެރެއިން 8 މިނިސްޓްރީއަކުން ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި މާލީ ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީން އާންމު ކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި، 19 މިނިސްޓްރީގެ ތެރެއިން މިދިޔަ އަހަރާ އަޅާ ބަލާއިރު ހަރަދުތައް އިތުރުވެފައިވާ މިނިސްޓްރީ ތަކަކީ، މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރީކްރިއޭޝަން، މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ޑިފެންސް އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު
  1. ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 22.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 30.2 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  2. ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 122.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 212.7 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  3. ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 6.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 9.7 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  4. ސްޕޯޓްސް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 60.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 70.2 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  5. ފިޝަރީޒް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 18 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 22.4 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  6. އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 7 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  7. ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 30.3 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 35.8 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
  8. ޑިފެންސް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 5.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 5.9 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން އެގްރިކަލްޗާ މިނިސްޓަރާއި ކޮންސްޓްރަންޝަން މިނިސްޓަރު

ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން މިދިޔަ އަހަރާ އަޅާ ބަލާއިރު އެންމެ މަދުން ހަރަދުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީ އަދި ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރިއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 29.8 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 11.4 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ. ހަމައެއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 1353.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 441.8 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 88.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 42.3 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ. އަދި ސިޓީން އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 37.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް 19.2 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ.

މި އަހަރު ތެރޭ ދައުލަތުން 49 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވާ އިރު، މިއަހަރު ތެރޭ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ 7.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ހަރަދުގެ ގޮތުގައި މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް 2،620.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހިންގުމުގެ ހަރަދަށް ވަނީ 4،455.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.