ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށް މައްސަލަ ބަލަން ފަށައިފިއެވެ.
ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ، އެ އިދާރާގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާގެ ދެ މުވައްޒަފަކު ސަސްޕެންޑްކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝަފީއު އިތުރަށް ވިދާޅުވީ ޕްރޮސެކިއުޓަރު ޖެނެރަލްގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުން ދަނީ ޖިންސީ ފުރައްސާރަކުރުމާއި އަހްލާގީ މިންގަނޑުތަކާ ހިލާފުވުމުގެ މައްސަލައެއް ކަމަށެވެ.
އަދި ފުލުހުން މި މައްސަލަ ތަހްގީގުކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.