މިއަދު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުންގެ އޮޕަރޭޝަނަލް ޓްރެއިނިން އެކްސަސައިޒެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ބުނެފިއެވެ.
ފުލުހުން ބުނީ ،މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް ހުޅުމާލޭ ފޭސް އެކެއްގައި އޮޕަރޭޝަނަލް ޓްރެއިނިން އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ އޮޕަރޭޝަނަލް ތައްޔާރީތަކާއި ކޯޑިނޭޝަން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމްތައް މި އެކްސަސައިޒްގައި ބައިވެރިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަން ހާމަ ކުރަމުން ފުލުހުން ބުނީ، މި އޮޕަރޭޝަން ތެރެއިން ފެނިދާނެ އެއްވެސް ހަރަކާތަކާ މެދު ކަންބޮޑު ނުވުމަށެވެ. މިއީ އިމަޖެންސީ ރެސްޕޮންސް ގާބިލުކަން ހަރުދަނާ ކުރުމަށް ރޭވިފައިވާ ތަމްރީނުތަކެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.