އެމްޑީޕީގެ އެކްޓިވިސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ އަހްމަދު ރިޝްމާހް (20އ)އެވެ.

ރިޝްމާހު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވަނީ 15 ދުވަސް ހަމަވުމުން ބަންދު މުރާޖައާކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބައިވެރިވީ ޖިނާއީ ކުޑަ ކުށެއް ކަމުގައިވާތީއެވެ. އަދި އެ މައްސަލައަށް ފުރިހަމަ އެއްބާރުލުން ދީފައިވާތީކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މާރާމާރީގެ ކުށުގެ ރިކޯޑު އޮތް ރިޝްމާހް، މަންދީ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.