އެމްޓީސީސީ އިން ނ. ފޮއްދޫގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވާ 6 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓްތައް މޮބިލައިޒް ކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުން އަންނަނީ ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ. މި ކަންބޮޑުވުންތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މައިއްޒުގެ އިސްނެންގެވުމާއި އިރުޝާދުފުޅުގެ ދަށުން މިފަދަ މަޝްރޫއުތަކުގެ މަސައްކަތް ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެގޮތުން ނ. ފޮއްދޫގައި 6 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
އެމްޓީސީސީ އިން ބުނީ، 344 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. ފޮއްދޫގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މި 6 މަޝްރޫއުގެ ތެރޭގައި ހިމެނެނ،ީ ނ. ފޮއްދޫގައި ޕޮލިސް ޕޯސްޓެއް ބިނާ ކުރުމާއ،ި ނ. ފޮއްދޫ ހެލްތް ސެންޓަރަށް ދެ ބުރީގެ އާ އިމާރާތެއް އިތުރު ކުރުމާއ،ި އައުޓްޑޯ ޖިމެއް ތަރައްގީ ކުރުމާއ،ި އެއް ބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްގީ ކުރުމާއ،ި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމާއި އަދި ރަށުގެ ބަނދަރު ތަރައްގީ ކުރުމެވެ.
މި 6 މަޝްރޫއު ފެށުމައްޓަކައި ފޮއްދޫގެ މި ޕްރޮޖެކްޓްތައް ހިންގާ ސައިތްތައް މޮބައިލައިސް ކޮށްފައި ވަނީ އިއްޔެއެވެ.