ގިނަ އަދަދެއްގެ ބަނގުރަލާއެކީ ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ 21:55 އެހާއިރު، ހުޅުމާލޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހިފައިގެން ދާކަމަށް ބެލެވޭ ވެހިކަލެއް ބަލައި ފާސްކުރިއިރު، އެ ވެހިކަލްގެ ތެރެއިން ބަނގުރާ ކަމަށް ޝަައްކު ކުރެވޭ އެއްޗެއް ހުރި 54 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މިއޮޕަރޭޝަނުގައި އެތަކެތި އުފުލި ވެހިކަލް ޓޯކޮށް، ލަންކާ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހުއްދަ ނެތި ބަނގުރާ ގެންގުޅޭ މައްސަލަ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.