އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް ޔާސީން ހުސެއިން އައްޔަނު ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް، ހުޅުމާލެ، ހިޔާ 8-01-04 ޔާސީން ހުސައިން އައްޔަން ކޮށްފައިވާ ކަމަށެވެ.
ޔާސީންއާއެކު އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އަށް މެންބަރުން މިހާރު ހިމެނެއެވެ. އޭގެ ތެރޭގައި އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ދެ މެންބަރުން ވެސް ހިމެނެއެވެ.
އެމްޓީސީސީގެ ބޯޑުގައި ތިބި މެންބަރުންނަށް ބަލާލާއިރު، ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު އަފީފް ހުސެއިން އެވެ. ދެން ތިބި މެންބަރުންގެ ތެރޭގައި ހިމެނެނީ، ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީ އާއި، އަލީ ނާއިލް އާއި، މުހައްމަދު ޖަމްޝީދެވެ. އާންމު ހިއްސާ ދާރުން އިންތިހާބުކޮށްފައިވާ ދެ މެންބަރުންނަކީ މުހައްމަދު އިމްރާން އަދުނާން އަދި ނަސްރަތު މުހައްމަދެވެ.