ރ. މަޑުއްވަރީގައި ދެ ބެއިންގެ ދެމެދު ހިނގި މާރާމާރީއަކާ ގުޅިގެން 35 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މީސްމީޑިއާގައިވާ ގޮތުން، މި މާރާމާރީ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، އެ މާރާމާރީ ހިންގިކަމުގެ މައުލޫމާތު ރޭ 11:30 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަޑުއްވަރީ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ މާރާމާރީގެ ސަބަބުން އަނިޔާވި މީހާ އަށް ރޭ ފަރުވާދީފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.