ރ އަތޮޅު އުފުލަންދޫ އަކީ މަޑުއްވަރީގެ އަދި އެ އަތޮޅު ތާވަތާ އަކީ މީދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިފަދައިން ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާ އިން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އުފުލަންދޫ އަކީ މަޑުއްވަރީގެ އަދި އެ އަތޮޅު ތާވަތާ އަކީ މީދޫގެ ބައެއް ކަމުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ރ. އަތޮޅަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރަށްވައާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މަޑުއްވަރީގެ އިހްތިސާސްގައި އުފުލަންދޫ ހިމެނުއްވުމަށް ނިންމެވީ މަޑުއްވަރީގެ ބިން ފުރިފައިވުމާއި، ފަޅުގައިވެސް ޖާގަ ނެތުމުން ކަމަށެވެ. އަދި އެރަށުގައި ހިއްކެން އޮތީވެސް ނިސްބަތުން ކުޑަ ސަރަޙައްދެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިގްތިސާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށްވެސް އޮތް އެންމެ ރަނގަޅު ހައްލު
ރައީސް މުއިއްޒު

ރައީސް ވަނީ މަޑުއްވަރީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވާ އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ވީއެންމެ އަވަސް ހައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.