މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 24 ހާފިޒުންނަށް ދަސްވެނިވި ކަމުގެ ސެޓްފިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވައިފިއެވެ.
މި ޖަލްސާ ޝަރަފުކޮށްދެއްވާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ދެ ކަނބަލުންނެވެ. މި ރަސްމިއްޔާތާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ބުނީ މި ސަރުކާރުން ގެންދަނީ ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވަމުން ކަމަށާއި، އެކަމުގެ ސަބަބުން ގުރުއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ކުރިއަށް ވުރެ ފުޅާވެގެންގޮސްފައިވާ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ހާފިޒުކަމުގެ ސަނަދު ލިބިވަޑައިގެންނެވި 24 ބޭފުޅުންނަކީ:
- މުހައްމަދު މިޝްއަލް އާސިމް (ހ. ލައިޓްލައިން / މާލެ)
- ރައްޔާން އަހްމަދު މުހައްމަދު (ދޫރެސް / ޏ. ފުވައްމުލައް)
- ފާތިމަތު މަންހާ ބިންތް އިސްމާއީލް (އަސުރުމާގެ / ވ. ތިނަދޫ)
- އާއިޝަތު ޒީކް ރިޔާޟް (އޯޝަން / ސ. ފޭދޫ)
- އަބްދުﷲ އަހްސަން ސައީދު (ޑިއަރެސްޓް / ސ. ފޭދޫ)
- އުވައިސް ބިން އިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)
- އާމިނަތު އިލްމާ ތަލްހަތު (މ. ރިހިރާޅު / މާލެ)
- އާތިކު އަބްދުއްސައްތާރު (ނިރު / ނ. މާފަރު)
- ޒަލަފް ބިން ނާފިއު (ޝާދީ ވިލާ / އދ. މަހިބަދޫ)
- މުސްއަބް ބިން ފައިސަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)
- އަހްމަދު ރައީފް މުހައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)
- އާއިޝަތު ސާއިބަތު މުހައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- އަބްދުﷲ ހަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)
- އާސިރު އާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)
- އާރިޝް އަބްދުﷲ އިބްރާހިމް (އާޒް / ޅ. ނައިފަރު)
- ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)
- ޢަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- މަރްޔަމް ހުނާ ހަސަން (ހައިވޭ / ޏ. ފުވައްމުލައް)
- ބިލާލް ބިން އަހްމަދު (ގ. ހީނާ ހިޔާ / މާލެ)
- އާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)
- އަލާވީ އައްޔޫބު ބިން މުހައްމަދު ޝުޖާއު (މއ. ރަތްއެންދެރި / މާލެ)
- އިބްރާހިމް ނަފީސް ހުސައިން (ކޮންގްރެސް / ސ. ހިތަދޫ)
- ފާތިމަތު އީޝަލް އަހްމަދު (މ. ކިރިލި / މާލެ)
- ނަބާހަތު އަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)
އިސްލާމިކް މިނިސްޓްރީ އިން ބުނީ ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން ދާ ކަމަށާއި، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން މިހާރު ގެނަސްފައިވާ ކަމަށެވެ. އަދި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ގާއިމުކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީ އިން އިތުރަށް ބުނީ ހާފިޒުން އުފެއްދުމަށް މި ސަރުކާރުންދޭ ހާއްސަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ހާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވާފައެވެ.
"ތަހްސީނުލް ގުރްއާން"ގެ ނަމުގައި މިސްކިތްތަކުގެ އިމާމުންގެ ގުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްރޮގްރާމެއް ހިންގެމުންދާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީ އިން ބުނީ މިއަހަރުން ފެށިގެން ދިވެހިރާއްޖޭގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.