އާމިރާގެ ވިސްނުން ހުރި ގޮތުން ސައްތާރު ހައިރާން ވިއެވެ. އާމިރާގެ މި ނިންމުމުގެ އަޑީގައި ނުބައެއް އުޅޭކަން ސައްތާރަށް ފާހަގަ ވިއެވެ. އިތުރު އެއްޗެއް ނުބުނެ ސައްތާރު ސޯފާއިން ތެދުވެ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
*** *** *** *** *** ***
އާ ދުވަހަކަށް އިރު އެރީއެވެ. ތާރާއަށް ލޯ ހުޅުވާލެވުނީ އޭނާގެ ހަށިގަނޑުގައި އިކާން ބައްދާލުމުންނެވެ. މަޑުމަޑުން އިކާން ދުރަށް ޖައްސާލުމުން އެއް އަރިއަކަށް އެނބުރި ބާލީހެއްގައި އިކާން ބައްދާލިއެވެ. ތާރާ މަޑުމަޑުން އެނދުމަތިން ތެދުވިއެވެ. ރޭގައި ހިނގާ ދިޔަ ކަންތައް އޭނާގެ ސިކުނޑީގައި އެނބުރުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އިކާންގެ އެ ބީހުންތަކާ ފިރުމުންތައް އޭނާއަށް އިހްސާސްވާ ކަހަލައެވެ.
ގަދައަށް ނިދާފައި އޮތް އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އިކާން ހޭލުމުގެ ކުރިން ތާރާ ފެންވަރައިގެން ތާޒާވެލަން ބޭނުންވިއެވެ. ކައިވެންޏަށްފަހު އެ ދެމެދުގައި ގާތް ގުޅުމެއް ބޭއްވުނު ފުރަތަމަ ރެއަށް ވުުމުން ތާރާ ހުރީ ވަރަށް އުފަލުންނެވެ. އިކާނަށް އޭނާގެ ބަރުވެފައިވާ ލޯ ހުޅުވާލެވުނީ އެނދުމަތީ އޮތް ތާރާގެ ފޯނު ރިންގްވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް އިކާން ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ ނަން ފެނުމުން އިކާން ތާރާއަށް ގޮވާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ފޯނު ކެނޑުމުުން އިކާން ފޯނު ދުރުގައި ބޭއްވިއެވެ.
އެވަގުތު ފާޚާނާ ތެރެއިން ތާރާ ގޮވާލި އަޑު އިވުނެވެ. "މި ނުކުންނަނީ... ފެންވަރަން މީނީ..."
އެނދުގައި ހަމަޖެހިލަމުން އިކާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ދެލޯ މަރާލައިގެން އެނދުގައި އޮތް އިރު އޭނާގެ ލޯ މައްޗަށް ސިފަވެގެން ދިޔައީ ތާރާއާ އެކު ރޭގައި ހޭދަވީ ވަގުތުކޮޅެވެ. އެހެން އަންހެން ކުދިންނާ ތާރާ ވަރަށް ތަފާތެވެ. ތާރާގެ އެ ލަދުރަކި ހަރަކާތްތަކުގެ ޖާދޫގައި އިކާން ހިތް ޖެހެމުން ދިޔަކަން ޚުދު އިކާނަށް ވެސް ނޭނގެއެވެ. ތާރާ ނިކުންނަން ވާއިރަށް އެނދުން ތެދުވަން އިކާން އުޅުނު ވަގުތު އިކާންގެ ފިޔަވަޅު މަޑުޖެހުނެވެ.
ފާޚާނާއިން ތާރާ ނުކުތް އިރު އޭނާގެ ހަށިގަނޑު ނިވާ ވެފައިވަނީ މޭމަތިން ފެށިގެން އޮޅާލާފައިވާ ތުވާލިންނެވެ. ތާރާގެ އަތުގައި ހިފާ އިކާނާ ދިމާއަށް ދަމައިގަތެވެ. ތާރާގެ މޫނަށް އިކާން ބަލަމުން ދިޔައިރު ތާރާ މަޑުމަޑުން އިސް ޖަހާލިއެވެ.
"ތާރާ... ކީއްވެ ތާރާ ނުބުނީ... ތާރާއަކީ..." އިކާންގެ ދުލުން ނުކުތް ޖުމްލަ ހުއްޓުނީ ތާރާގެ އެ ރީތި ބޮޑު ދެލޮލުން އިކާނާ ދިމާއަށް ބަލާލުމުންނެވެ.
"އިޓް ވޯޒް މައި ފަސްޓް ޓައިމް... ވަރަށް ބިރުގަތް... އެކަމަކު އައި ވޯޒް ރެޑީ..." ތާރާގެ ޖަވާބު އަޑުއަހަން އިކާން ހުރީ ބަސް ހުއްޓިފައެވެ. މިޒަމާނުގަ އެހާ ރަނގަޅު ކުދިން އުޅޭ ހެއްޔެވެ. ކައިވެންޏާ ހަމަޔަށް ދާއިރު މިގޮތަށް ހުންނާނީ މަދު ކުއްޖެކެވެ. މުއްސަނދި އާއިލާއަކަށް އުފަން ތާރާގެ ފަރާތުން މިކަހަލަ ކަމެއް ފެނުމުން އިކާން ހައިރާން ވިއެވެ. އިކާންގެ ހިތުގައި ތާރާއަށް އޮތް ގަދަރު އުފުލިގެންދިޔައެވެ.
އިކާން ރީތިވެގެން ނިކުތް އިރު ތާރާ ކޮޓަރީގައި ނެތުމުން ބޭރަށް ނިކުތެވެ. އޭރު ތާރާ އިނީ ސިޓިންގް ރޫމް ސޯފާގައި އިށީނދެގެން ލެޕްޓޮޕް ހުޅުވައިގެންނެވެ. އިކާން ފެނުމުން ތާރާ އަތް ހަނާ އަޅާލަމުން އަންނާށޭ ބުނެލިއެވެ. އިކާން އައިސް ތާރާގެ މަގަތުގައި އިށީން އިރު ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔައީ އިކާނާ ތާރާގެ ކައިވެނި ކުރި މަންޒަރެވެ.
"ކޮންއިރަކު ތި... ވީޑިއޯތައް ލިބުނީތަ؟.." އިކާން އަހާލީ ހައިރާންކަމާ އެކީގައެވެ.
"އިއްޔެ އުލްފާ ގެނެސްދިން ޕެންގަ ހުރީ... އެއް ފޯލްޑަރގަ ހުރީ ފޮޓޯތައް.. އަނެއް ފޯލްޑަރގަ ހުރީ ވީޑިއޯ.. ބަލަ ކައިވެނި ކުރިި އިރު މަންމަ.. ޝީޒް އޯލްމޯސްޓް ކްރައިންގް..." ތާރާ ލެޕްޓޮޕަށް އިޝާރާތްކުރަމުން ވާހަކަ ދެއްކިއެވެ.
އެޕާޓްމަންޓްގެ ބެލް ޖެހުނު އަޑަށް ތާރާގެ މޫނަށް އިކާން ބަލާލިއެވެ. އިކާން އުނގަށް ލެޕްޓޮޕް ލުމަށްފަހު ތާރާ ދޮރު ހުޅުވަން އަވަސް ވެގަތެވެ. ހައިރާންވެފައި ތާރާ ދިޔަ ދިމާލަށް އިކާން ބަލަން އިނެވެ. ދޮރު ހުޅުވާލުމަށްފަހު ތާރާ މީހަކާ ވާހަކަ ދައްކާ ހެން ހީވުމުން އިކާން ލެޕްޓޮޕްގައި އަޅުވާފައިވާ ވީޑިއޯގެ އަޑު މަޑުކޮށްލިއެވެ. އޭރު ތާރާ އެމީހަކާ އެކީ ގޭތެރެއަށް ވަންނަނީއެވެ.
"މީ ސީތާ... މިގޭގަ މަސައްކަތް ކުރަން އައި މީހާ... ސީތާ މީ އަހަރެންގެ ފިރިމީހާ އިކާން... އާދޭ.. ސީތާ ހުންނަ ކޮޓަރި ދައްކާލާނަން..." ތާރާގެ ފަހަތުން އެތެރެއަށް ވަދެގެން ދިޔަ ސީތާގެ ކަޅި އަމާޒްވެފައި ވަނީ އިކާނާ ދިމާއަށެވެ. އިކާނާ ދިމާއަށް ބަލަމުން އޭނާގެ ދަބަސް ހިފައިގެން ތާރާގެ ފަސްފަހަތުން ހިނގާފައި ދިޔައީ ކުރިން ކަމްލާ ހުރި ކޮޓަރިއާ ދިމާއަށެވެ.
ސީތާއަށް ކޮޓަރި ދައްކާލުމަށްފަހު ތާރާ އެދުނީ ހެނދުނުގެ ސައި ތައްޔާރު ކޮށްދިނުމަށެވެ. "ބޭނުންވާ ސާމާނުތައް ބަދިގެ ކަބަޑުތަކުގައި ހުންނާނެ... އިތުރު އެއްޗެއް ގަންނަން ބޭނުންވަންޏާ އަހަރެން ކައިރީ ބުނޭ... ސައި ހަދާފަ ގޮވާލާ... އަހަރެމެން މިތިބީ ސިޓިންގް ރޫމުގަ..." މިހެން ބުނުމަށްފަހު ބަދިގެއިން ތާރާ ނިކުމެގެން ސިޓިންގް ރޫމަށް ދިޔައެވެ.
ލެޕްޓޮޕްގެ ސްކްރީނަށް ބަލަން އިން އިކާން ފެނުމުން ތާރާގެ ފިޔަވަޅު ހުއްޓުނެވެ. އިކާންގެ މޫނަށް ވެފައިވާ ގޮތުން ހީވަނީ ބިރެއް ފެނިފައި އިން ހެނެވެ. ތާރާ އަވަހަށް އައިސް ސޯފާގައި އިށީނދެ ލެޕްޓޮޕްގެ ސްކްރީނަށް ބަލާލިއެވެ. އޭގެން ފެންނަމުން ދިޔައީ ތާރާ ލަވަ ކިޔަމުން ދިޔަ މަންޒަރެވެ.
"ހޫން އިކާން... މަ ހީކުރީ ކޯއްޗެއް ފެނިގެން ބާއޭ ދެ ބުމަ ގޮށްޖަހައިގެން ތީނީ... ތި ލަވަ ދުއްވާލާ..." ތާރާ އަވަސްއަރުވާލާފަ ވާހަކަ ދެއްކީ ބޮޑާ ހާކަމުންނެވެ.
"ތާރާ ލައްވާ ރެކޯޑިންގް އެއް ހަދަންވީ.. އަސްލު ވެސް ޔޯ ވޮއިސް ވަރަށް ރީތި... އަދި ވޯކަލްސް ހަދާލީމަ ވަރަށް ރީތިވާނެ..." އިކާން މިހެން ބުނެލަމުން އެ ވީޑިއޯ ކުރިއަށް އޮޅާލިއެވެ.
"އަނެއްކާ އެލަވަ އަޅުވަންތަ ތި އުޅެނީ.. ނޯ އިކާން... އަހަރެން ލަދުގަނޭ..." ތާރާގެ ދެއަތުން މޫނު ފޮރުވާލަމުން ސޯފާ ތެރޭ ކުޑަވެލިއެވެ.
"ވެއިޓް... ޖަސްޓް ޓެލްމީ މީ ކާކު.. އައި ނެވަރ މެޓްހާ ޕާޓީ ތެރެއިން... އެންޑް ޝީޒް ވިތް ހިމް..." ވިޑިއޯ ޕްލޭ ކޮށްލަމުން އިކާން ބުނި ޖުމްލަ އަޑު އިވުމުން މޫނުމަތިން ތާރާގެ އަތްނެގުމަށްފަހު ސްކްރީނަށް ރަނގަޅަށް ބަލާލިއެވެ. އަދި އެއަށްފަހު އަނެއްކާ އެހިސާބަށް ވީޑިއޯ ކުރިއަށް ޖައްސާލިއެވެ.
"އެއީ.. އެއީ އަހަރެންގެ ދައްތަ... ބުނީމެއްނު ދައްތައެއްގެ ވާހަކަ ވަރަށް ކޫލް ވާނޭ... ހަނީމޫނު ޓްރިޕް ވެސް ދިނީ ދައްތަ އޭ..." ތާރާ މިހެން ބުނެލި އިރު އިކާން އިނީ ވީޑިއޯއަށް ރަނގަޅަށް ބަލާށެވެ. ތާރާގެ ހަށިގަނޑުގައި ބައްދާލުމަށްފަހު ޒުމްރާ ތާރާއާ ވާހަކަތަކެއް ދައްކައެވެ. އެއަށްފަހު އާތިފްގެ އަތުގައި ހިފައިގެން ޒުމްރާ މިސްރާބު ޖަހަނީ ލިފްޓާ ދިމާއަށެވެ.
"ބައްޕަ އަތުގަ ހިފައިގެން ހުރީމާ..." އިކާން ހައިރާވެ ހުރެ އަހާލިއެވެ.
"އޯ... އަސްލު ސްޓޯރީ ނޭނގޭތީ ހައިރާންވެފަ ދޯ ތި ހުރީ... އެއީ ބައްޕަގެ ފަސްޓް ވައިފް... ދައްތައަށް ކުދިން ނުލިބޭތީ ދައްތަ ބުނެގެން ބައްޕަ މެރީ ކުރީ މަންމައާ.. އޭރު އަހަރެން ވަރަށް ކުޑަވާނެ... ދެން މަންމައާ ބައްޕައަށް ލިބުނީ އަޒްކާ... ދައް ތައެއީ ހަމަ ދެވަނަ މަންމައޭ ބުންޏަސް ދޮގަކަށް ނުވާނެ.... ޝީޒް ސޯ ނައިސް... ވަރަށް މީހުންނަށް ރަނގަޅުވާނެ... ހާރ ސްޓައިލް... ހީވެސް ނުވޭދޯ އެހާ އޯލްޑް ހެން... ތާރާގެ މަންމައަށް ވުރެ ވެސް ދުވަސްވާނެ... ބަޓް ޝީޒް ސޯ ޔަންގް އެންޑް ބިއުޓިފުލް..."
ޒުމްރާއަށް ކުރަމުން ދިޔަ ތައުރީފްގެ ބަސްތައް މެދުކެނޑުނީ ބަދިގެ ފަރާތުން ސިޓިންގް ރޫމަށް ނުކުތް ސީތާ ގޮވާލުމުންނެވެ. "ހިނގާ ސައިބޯންދާން..." ތާރާ މިހެން ބުނެ ސޯފާއިން ތެދުވެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
ލެޕްޓޮޕް މޭޒުމަތީ ބެހެއްޓުމަށްފަހު ތާރާގެ ފަހަތުން އިކާން ހިނގައިގަތް އިރު އޭނާގެ ސިކުނޑި އެނބުރެމުން ދިޔަ ކަހަލައެވެ. ހިތާ ސިކުނޑިއަށް ވަނީ އުނދަގޫތަކެއް ވެފައެވެ. ތާރާ ބުނި ބައެއް ލަފްޒުތައް އިކާންގެ ކަންފަތް ދަށުގައި ގުގުމާ ކަހަލައެވެ. "ދައްތަ އެއީ ދެވަނަ މަންމައޭ ބުންޏަސް ދޮގަކަށް ނުވާނެ... ދެވަނަ މަންމައޭ...މަންމައޭ..."
ކިތަންމެ ބަނޑުހައި ވެފަ އިން ނަމަވެސް އިކާނަށް ކެވޭ ގޮތެއް ނުވިއެވެ. ތާރާ ކުރިމަތީ ހުންނަން އިކާނަށް އުނދަގޫ ވިއެވެ. އެތަނުން ދާން އިކާން ބޭނުން ވިއެވެ. ނަސީބު އަތުގައި ހިފީ އިކާނަށް އައި ފޯނު ކޯލެވެ. ފިޒާމްގެ ކޯލެއްކަން އެނގުމުން ފޯނު ނަގާ އިކާން ވާހަކަ ދެއްކިއެވެ. ތާރާ ހެނދުނުގެ ނާސްތާ ކުރަމުން ދިޔައިރު ދޭތެރެއަކުން ސީތާއާ ދިމާއަށް ބަލާލުމަށްފަހު ކެއުން ވަރަށް ރަނގަޅު ކަމަށް ބުންޏެވެ. އަދި މެންދުރުފަހުން ގެއަށް ބޭނުންވާ ބައެއް ސާމާނުތައް ގަންނަން ދާން ތައްޔާރުވެގެން ހުުންނަން ސީތާ ގާތު އެދުނެވެ. އިކާން ގޮނޑިން ތެދުވެ ސިންކު ދޮށަށް ގާތްވެލީ އަތް ދޮވެލާށެވެ.
"އިކާން ހާދަ މަދުން ތިކެއީ... ކަމު ނުދިޔައީތަ؟..." ތާރާ ސުވާލުކޮށްލުމުން އިކާން ދެއަތަށް ބޯ ހޫރާލިއެވެ. "ނޫނޭ.. ކުއްލިއަކަށް ސްޓޫޑިއޯއަށް ދާން ޖެހިއްޖެ... ދަނީ އިނގޭ..." މޭޒުމަތީ ހުރީ ޓިޝޫ ފޮށިން ޓިޝުލެއް ނަގަމުން އިކާން އެ އެޕާޓްމަންޓުން ބޭރަށް ދާން ހިނގައިގަތެވެ.
ސްޓޫޑިއޯ ތެރެއަށް ވަދެ ދޮރު ތަޅުލުމަށްފަހު މޭޒު ކައިރީ ހުރި ގޮނޑީގައި އިކާން އިށީނެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެކަން އޭނާއަށް އެނގެއެވެ. އެކަންތައް ހިނގާ ދިޔައީ އިކާނަށް ނޭނގިއެވެ. ޒުމްރާ އާއި ތާރާއާ ދެމެދުގަ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އިކާނަށް އެނގޭ ނަމަ ތާރާއާ ކައިވެންޏެއް ނުކުރާނެއެވެ.
އައިސްފައި ހުރި ރުޅިން އިކާންގެ ދެއަތް ތުރުތުރުލަމުން ދިޔައެވެ. ދެން ކަންތައް ކުރާނެގޮތަކާ މެދު އޭނާއަށް ވިސްނަން މަޖުބޫރުވިއެވެ. ފޯނު ނަގާ ޒުމްރާގެ ނަންބަރު ޑައަލްކޮށްލިއެވެ. ސްކްރީނަަށް އެކްސް-އޯގެ ނަން އެރުމުން އެނަމަށް ފިއްތާލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ. ދެބުރަކަށް ގުޅި އިރުވެސް ޒުމްރާ އެކޯލަށް ޖަވާބެއް ނުދެއެވެ. އިކާންގެ ރުޅި ދިޔައީ ފަހަރެއް ފަހަރެއް ގަދަވަމުންނެވެ.
*** *** *** *** *** ***
ކޮޓަރިން ނިކުމެގެން ޒުމްރާ މިސްރާބު ޖެހީ އެގޭ ބިތް ދޮށް ފަރާތުގައިވާ ޕޫލާ ދިމާއަށެވެ. ޕޫލް ކައިރީގައިވާ ގޮނޑިއެއްގައި އިށީންނަމުން މޭޒުމަތީ ހުރި ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. ޒުމްރާގެ ފޯނުގެ ސްކްރީން ދިއްލިފައި ވާތީ އޭގެ ސްކްރީނަށް އޭނާ ބަލާލިއެވެ. ފަސްވަރަކަށް މިސްޑް ކޯލް އިންތަން ފެނުމުން އެއީ ކާކުގެ މިސްޑް ކޯލެއް ތޯ ބަލާލަން ފޯނުގެ ލޮކް ޒުމްރާ ހުޅުވާލިއެވެ.
"އިކާން... މިގަޑީގަ.." ޒުމްރާއަށް ވައި އަޑުން އެހެން ބުނެވުނީ އިކާން އާންމު ގޮތެއްގައި މިގަޑީ ނުގުޅާނެކަން އިނގޭތީއެވެ. އިކާންގެ ނަންބަރަށް ޒުމްރާ ގުޅާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަތްގަނޑުމަތީ އެއް އަތް އަޅުވައިގެން އިންއިރު އެއް ފައިމައްޗަށް އަނެއް ފައި އަރުވައިގެން އިނީ ޝާހީ ގޮތަކަށެވެ.
"އިކާން... މިސްވީތަ؟..." ޒުމްރާގެ މަސްތީ އަޑުން އެބަސްތައް ބޭރުކޮށްލީ ވެސް މަސްތީ ގޮތަކަށެވެ.
"މިސްވީ ހޭ... ކަލޭ އަހަންނަށް މަކަރު ހެދީ... ކަލޭ ތީ ކޮންކަހަލަ އަންހެނެއް؟... ކަލެއަށް އިނގޭ އަހަަރެން އިނީ ތާރާއާ ކަން... އެކަން އެނގި ހުރެވެސް ކަލޭ މިކަން ނުހުއްޓާ ކުރިއަށް ގެންދިޔައީ.. ޗީ... ކީއްވެ މިހެން ހެދީ..." އިކާންގެ ރުޅިވެރި ބަސްތައް ތީރުތަކެއްހެން އައިސް ހެރެމުން ދިޔައީ އޭނާގެ ހިތަށެވެ. ދެލޯ ބޮޑު ކޮށްލަމުން ޒުމްރާއަށް އެ ގޮނޑިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
"އިކާން.. ހަމަޖެހިބަލަ..." ޒުމްރާ ބޭނުންވީ އިކާނަށް ވިސްނައިދޭށެވެ. ރުޅިއައިސްގެން ނެގޭ ފިޔަވަޅަކުން ދެމީހުންގެ ދިރިއުޅުން ހަލާކުވެދާނެތީއެވެ.
- ނުނިމޭ -