އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ އެވެ.
އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި މައްކާގައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ގޮސް އުޅެއެވެ.