މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން 23 އަހަރުގެ ގައިދީއަކު މަރުވެއްޖެއެވެެ.
ކަރެކްޝަންސްއިން ބުނީ މަރުވެފައި ވަނީ ސ. މަރަދޫ / ފޯ ފްލާވާ އިބްރާހިމް ޝަމްވީލް ކަމަށެވެ.
މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. އަދި 4:55 އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ޝަމްވީލްއަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.
ކަރެކްޝަންސްއިން ބުނީ ޝަމްވީލް މަރުވުމާ ގުޅިގެން އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށެވެ.
ޖަލު ބަލަހައްޓާ އޮފިސަރުންނަށް އެމީހުންގެ ޒިންމާ އަދާނުކުރެވޭކަން މީގެން އެނގެނީ ޖަލުގެ ގޮޅިއެއްގައި މީހަކަށް ދަންޖެހެވޭނީ އޮފިސަރުންނަށް ނުބެލޭތީ އަދި ޑިޕާޓްމަންޓުގެ އިތުރުން ސަރުކާރުގެ އިހުމާލު ވެސް އެބައޮތް އެހެންކަމުން މިކަމުގެ ޒިންމާ ސަރުކާރުންނާއި ޑިޕާޓްމަންޓުން ފުރިހަމައަށް ނަގަންޖެހޭނެ..