އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް އުރީދޫއިން ހަމަޖައްސައިފިއެވެ.

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށް ވެސް ފިތުރު ޒަކާތް ދައްކާލެވޭނެއެވެ.

ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް:

  1. ވެބްސައިޓް މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވުން
  2. ޒަކާތުގެ ބާވަތާއި އަދަދު އިހްތިޔާރުކުރުން
  3. ތަފްސީލުތައް ޖައްސަވާ
  4. ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިހްތިޔާރުކޮށް ވޮލެޓް ނަންބަރު ޖަހާ
  5. ޕޭމަންޓް ކަށަވަރު ކުރުމަށް އޯޓީޕީ ވެރިފައި ކުރުން

އެމް-ފައިސާ މެދުވެރިކޮށް އުރީދޫއިން ދަނީ ކޮންމެ ދުވަހަކު ކުރާ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށްދީ ޑިޖިޓަލް ހިދުމަތްތަކަށް މުޖުތަމައުތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. އުރީދޫއުން ބުނީ އެއީ ޑިޖިޓަލް މޯލްޑިވްސްގެ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒަރޫރީ މާލީ ހިދުމަތްތައް އެންމެންނަށް ވެސް ލިބެން ހުންނާނެ ކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވާ އެމް-ފައިސާ އަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަންފަދަ މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.