އެ ދަތުރު ދާން ޒިވީ އެއްބަސްވުމުން ސަނާ ހުރީ ވަަރަށް އުފަލުންނެވެ. "ދެޓްސް މައިގާލް... ޕެކްކޮށް ނިމުނީމަ ގުޅާލާ.. އޭރުން އަހަރެން ކާރުގަ ދާނަން ޒިވީ ބަލާ... ޒިވީ އޭރުން ތިރިއަށް ފައިބާނީ..."

*** *** *** *** *** ***

"އިކާން މައްޗަށް ނާންނާނަންތަ؟... މަންމައާ ބައްޕަ ވެސް ބޭނުންވާނީ ދެމީހުން އެކީގަ އަންނަން ދޯ؟..." ގޭޓް ކައިރީ މަޑުކޮށްފައިވާ ކާރުގައި އިން ތާރާ ވާހަކަ ދެއްކީ އިކާނާއެވެ.

"ތާރާ... އަހަރެން ކޮންމެހެން ވެސް މި މަސައްކަތްތައް ހަވާލުކުރަން ޖެހޭނެ.. އަހަންނަކަށް ނޭނގެ މިހާ އަވަހަަށް ހަނީ މޫން ޓްރިޕެއް ހަމަޖެހިފަ އިން ކަމެއް... މިރޭ ފުރަންޏާ ބައެއް މަސައްކަތްތައް ފިއްޓެއާ ހަވާލުކުރަން ޖެހޭނެ... ދެން ނެތް ދޯ މާ ގިނަ އިރެއް ވެސް... ތާރާ ދޭ މައްޗަށް... އަހަރެން ހުރިހާ މަސައްކަތެއް ނިންމާލާފަ މި އަންނަނީ..." ތާރާ ހިތްހަމަޖައްސަން އިކާން އެގެއަށް އަންނާނަން ކަމަށް އެއްބަސް ވިއެވެ.

ގެއަށް ވަދެ ތާރަ އަވަސްވެގަތީ ތަހުމީނާ ކައިރިއަށް ދާށެވެ. އޭރު ތަހުމީނާ ހުރީ ރީތިވާ މޭޒު ކައިރީގައެވެ. ކޮޓަރިއަށް ވަދެގެން އައި ތާރާ ފެނުމުން ތަހުމީނާ އުފަލުން ކުރިއަށް ހިނގައިގަތީ އެ މަންޖެ ގައިގާ ބައްދާލާށެވެ.

"މަޑުކުރޭ... ދައްތަ ރޭގަ ޓިކެޓް ދިން ވާހަކަވެސް ބުނަން ހަނދާން ނެތުނީ..." ތާރާގެ ގައިން ދޫކޮށްލަަމުން އެ ކޮޓަރީގައި ހުރި އަލަމާރީގެ ދޮރުފަތް ހުޅުވާލުމަށްފަހު އޭގެން ނެގި ސިޓީ އުރަ ތާރާ އަތަށް ތަހުމީނާ ދިއްކޮށްލިއެވެ.

"ދައްތަ ވެސް އެބައުޅޭ އަޒްކާމެން ކޮޓަރީގަ.. ކޮބާ އިކާން؟..." ތަހުމީނާ ބޭނުންވާ ވާހަކަ ދެއްކޭނީ އިކާން ވެސް ބަހައްޓައިގެން ކަމުން ތަހުމީނާ ބޭނުންވީ އެ ސޮރު އައިތޯ ބަލާށެވެ.

"ކުއްލިއަކަށް ފުރަންޖެހޭ ކަން އެނގުނީމަ ސްޓޫޑިއޯގެ މަސައްކަތްތަކެއް މީހަކާ ހަވާލުކުރަން އެ ދިޔައީ... އެބަ އަންނަން އަޒުކީ ކައިރިއަށް ގޮއްސަ..."

ތާރާ އެ ކޮޓަރިން ނިކުމެގެން ދިޔުމުން ތަހުމީނާ އައިސް މަޑުންމަޑުން އެނދުގައި އޮށޯތެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ހިތްވަރުކޮށްފައި ވިޔަސް ތެދުވެ އުޅެވޭތޯ އެ ބަލަނީ ތާރާގެ ހަޔާތަށް އައި އުފާވެރި ދުވަސްތަކަށް އެ މަންމަގެ ހިޔަނި އެޅުނަ ނުދޭށެވެ. ތަހުމީނާ މާ ބަލިކަން އެނގިއްޖިއްޔާ ތާރާ އެ ހަނީމޫން ދަތުރު ކެންސަލް ކުރާނެކަން ތަހުމީނާއަށް އެނގެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާފަ އެތެރެއަށް ވަތް ތާރާ ފެނުމުން އަޒްކާ ދެލޯ ބޮޑުކޮށްލިއެވެ. "އޯ ތާރުގަނޑޫ.. އައި މިސްޑް ޔޫ ސޯ މަޗް..." އެނދުމަތީ ކޮޅަށް ހުރެ ދެއަތް ފުޅާ ކުރަމުން ތާރާ ދިމާއަށް ދާން އަޒްކާ ފުންމާލިއެވެ.

"އޯ އަޒުކީ.. އައި މިސްޑް ޔޫ ޓޫ... މިރޭ ފުރަން މިއުޅެނީ... ތެންކިއު ދައްތާ.." އަޒްކާ ގައިގާ ބާރަށް ބައްދާލަމުން އެ ކޮޓަރިތެރޭ ހުރި ޒުމްރާއާ ދިމާއަށް ތާރާ ބަލާލިއެވެ.

"ކޮބާ އިކާން؟.. އޭނަ ނާދޭތަ؟..." ތާރާގެ ފަހަތުން ލެއްޕުނު ދޮރާ ދިމާއަށް ނަޒަރު ހިންގާލަމުން ޒުމްރާ އަހާލިއެވެ.

"އާން.. ފަހުން އަންނާނަމޭ ބުނީ... ކުޑަކަމެއްގަ އެ ދިޔައީ.... މިއައީ ފުރަންވާއިރަށް ޕެކް ކުރަންށާ އެކީގަ... އަޒުކީ.. ކަމް ޓު މައި ރޫމް... އައި ނީޑް ޔޯ ހެލްޕް..." ތާރާ އެ ކޮޓަރިން ނިކުންނަމުން ވާހަކަ ދެއްކިއެވެ. ޒުމްރާ އެ ދެކުދިން ދިޔަ ދިމާއަށް ބަލަން ގެއްލިފައި ހުރެވުނެވެ. ކުއްލިއަކަށް ކަމެއް ހަނދާން ވުމުން ފޯނުން ގަޑިއަށް ބަލާލުމަށްފަަހު ދުމެއްޖަހާފައި އެ ކޮޓަަރިން ޒުމްރާ ނިކުތެވެ. ބޭރު ސޯފާގައި އިން އާތިފަށް ބަލާލަމުން ޒުމްރާ ވާހަކަ ދެއްކިއެވެ.

"އާތީ ނުދާނަންތަ؟... ރިސޯޓުން ޓްރަންސްފާ ކޮންފާރމް ކޮށްފަ މެސެޖް ކޮށްފި..." އާތިފްގެ މޫނުމަަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ. ތަހުމީނާއަށް އަވަސް ޝިފާއެއް ހޯދަން އާތިފް ވަރަށް ބޭނުމެވެ. ތަހުމީނާ އަބަދު ބަލިވެ އުޅޭތަން ބަލަން އާތިފަށް ކެތްނުވަނީއެވެ. އަންބެއްގެ ގޮތުން ބަލާއިރު ތަހުމީނާއަކީ އާތިފް ދެކެ ލޯބިވާ، ހެޔޮލަފާ، މުރާލި އަންހެނެކެވެ.

"ޒުމްރާ... އަަހަންނަކަށް ނުދެވޭނެ.. ތަހުމީނާ އެހާ ބަލި.. އަނެއްކޮޅުން ތާރާ އެ ފުރަނީ މިރޭ... ޒުމްރާ ދާން ބޭނުމިއްޔާ ދޭ.. އަހަންނަކަށް މިފަހަރު ނުދެވޭނެ..." އާތިފް ވާހަކަ ދެއްކީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަމުންނެވެ. އާތިފް ނުދާނެކަަން އެނގުމުން ޒުމްރާ އަވަސްވެގަތީ އޭނާގެ ދަތުރު ކޮންފާރމޭޝަން ދޭން ރިސޯޓްގެ މެނޭޖަރަށް ގުޅާށެވެ.

*** *** *** *** *** ***

ޒިވީގެ ކޮޓަރިން ނިކުމެގެން ގެސްޓް އޭރިޔާގައި ހުރި ކްލަބަށް ދާން އޭނާ ހިނގައިގަތީ އެތަނުގައި ސަނާމެން ތިބިކަަން އެނގުމުންނެވެ. ކިރިޔާ ފޫކޮޅު ނިވާ ވާވަރުގެ ކުރު ހެދުންކޮޅެއް ލައިގެން ހުރި ޒިވީގެ އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. އެއް ފަރާތެއްގައި ހުރި މޭޒާ ދިމާއަށް ޒިވީ މިސްރާބުޖެހީ ފަރި ހިނގުމެއްގައެވެ. އެތާ ތިބި ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި ވަނީ އޭނައާ ދިމާއަށެވެ.

މޭޒު ކައިރިއަށް އައިސް ހުއްޓެމުން ސަނާއާ ދާދި ގާތުގައި ހުރި ހުސް ގޮނޑީގައި ޒިވީ ހަމަޖެހިލިއެވެ. ރޭގަނޑުގެ އެ މާހައުލުގައި އެމީހުން ތިބެ މަޖާކުރަމުން ދިޔައިރު އެތަނުގައި ޖަހާފައިވާ ލަވައަށް އެއްބަޔަކު ނަށަމުން ދިޔައެވެ. ސަނާ ހުރީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އެމީހުންގެ ފަރާތުން ފެނަމުންދިޔަ ގައިގޯޅި މަންޒަރުތަކުން ޒިވީއަށް ކޮންމެވެސް ވަރަކަށް އުނދަގޫވަމުން ދިޔައެވެ.

"ޒިވީ ހައު ޑޫ ޔޫ ފީލް... ސްޕާގަ ހޭދަކޮށްލި ވަގުތުން ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ލިބޭނެ ކަން ޔަގީން..." މޭޒުމަތީ ހުރި ކޮކްޓެއިލް ތަށި ނަގަމުން ސަނާ ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. އެތަނުގައި ޖަހާފައިވާ ލަވައިގެ އަޑުގަދަކަމުން ސަނާ ބުނި އެއްޗެއް ޒިވީއަށް ސާފުވާ ގޮތެއް ނުވިއެވެ.

"ޒިވީ... ލުކް ހޫޒް ދެއަރ.. އޭނާ އެ ބަލަނީ ސީދާ ޒިވީއާ ދިމާއަށް..." ޒިވީގެ އަތުގައި ކޮއްޓާލުމަށްފަހު ދުރުގައި ހުރި ޔޫރަޕް ޒުވާނާ ދައްކާލަމުން ސަނާ ހިނިގަނޑެއް ޖަހާލިއެވެ. ޒިވީ އެ ދިމާއަށް ބަލާލުމުން އެ ޒުވާނާ އަތުން ހަނާ އަޅާލިއެވެ. ފޯނު ހިފައިގެން ހުރެ އެ ޒުވާނާ އާ ދިމާއަށް ޒިވީ ބަލާލާ ކޮންމެ ފަހަރަކު އެ ޒުވާނާ ހިނިތުންވެލައެވެ.

ފޯނުގެ ކީބޯޑުގެ އަކުރުތަކަށް ފަރިތަކަމާއެކީ ފިއްތަމުން ޒިވީ އެ މެސެޖް ފޮނުވާލިއިރު އެމޭޒު ދަށަށް އެ ޒުވާނާ އައިސް މަޑުކޮށްލިކަން ޒިވީއަށް އެނގުނެވެ. ގޮނޑިން ތެދުވެ އެ ޒުވާނާ ދިއްކުރި އަތުގައި ޒިވީ ހިފާލުމުން ސަނާއާ އޭނާގެ ލޯބިވެރިޔާއެކީ އެމޭޒުގައި ދެން ތިބި މީހުން އަތް ޖަހާލިއެވެ.

އެ ޒުވާނާއާ އެކީ ޑާންސް ފްލޯރއަށް ޒިވީ ނުކުތެވެ. މިއުޒިކާ އެއްވަރަށް އޭނާގެ ހަށިގަނޑަށް އެކި ހަރަކާތް ގެންނަމުން ދިޔަ އިރު އޭނާއަށް ބެލެމުން ދިޔައީ މޭޒުމަތީގައި އޮތް އޭނާގެ ފޯނާ ދިމާއަށެވެ.

*** *** *** *** *** ***

ދިގު ދަތުރަކަށްފަހު ތާރާމެންގެ ހަނީމޫނު ހަމަޖެހިފައިވާ ހޮޓަލަށް އާދެވުމުން ދެމީހުންވެސްް ބޭނުންވީ ތާޒާވެލައިގެން ރޭގަނޑުގެ ކެއުމަށް ބޭރަށް ދާށެވެ. ޑުބާއީގެ އެ ހިތްގައިމު މާހައުލުގައި އެމީހުން ހޭދަކުރަމުން ދިޔަ ކޮންމެ ވަގުތެއްގެ ފޮޓޯތައް ނަގަމުން ދިޔައީ އެ ދަތުރުގެ ހަނދާންތައް ބެހެއްޓުމުގެ ބޭނުމަގައެވެ.

ރޫމަށް ދެމީހުން އައިސް ވަނުމަށްފަހު ތާރާ ވަނީ ފާޚާނާއަށެވެ. ރީތިވެގެން ތާރާ ފާޚާނާއިން ނުކުތީ ކުރު ހެދުމެއް ލައިގެންނެވެ. އެ ހެދުމުގައި އޭނާ ހުރި އިރު ދޭތެރެއަކުން ތާރާއާ ދިމާއަށް އިކާން ބަލާލައެވެ. އެނދުގައި އެއް އަރިއަކަށް ހަމަޖެހިލަމުން ޓީވީގެ ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ. އެ ކޮޓަރިން ބޭރަށް ނުކުމެވެން ހުރި ބެލްކަނީގައި އިކާން ހުރި އިރު އެނާގެ ނަޒަރު ހުއްޓިފައިވަނީ އެނދުގައި އޮށޯވެގެން އޮތް އޭނާގެ އަލަތު އަނބިމީހާއާ ދިމާއަށެވެ.

ބެލްކަނީގައި ހުރި ފޮތިގަނޑު ދުރުކޮށްލަމުން އެތެރެއަށް ވަތް އިކާން އޭނާ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. ޓީވީއަށް ބަލަން އޮތް ކަމުގައި ވިޔަސް އިކާން ތާރާއާ ދިމާއަށް އަންނަމުން ދިޔަކަން ތާރާއަށް އެނގުނެވެ. އިނގޭކަމަށް ނުހަދާ ތާރާ ހިމޭނުން އޮތްކަމުގައި ވިޔަސް އޭނާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. ތާރާގެ މަގަތުގައި އިކާން އޮށޯންނަމުން އޭނާގެ އަތުން ތާރާގެ އުނަގަނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.

ތާރާ މަޑުމަޑުން އެނބުރިލަމުން އިކާނާ ގާތްވެލީ ދެލޯ މަރާލަމުންނެވެ. ދެމީހުން ތިބީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައެވެ. ތަރާގެ އިސްތަށިގަނޑުގައި އިކާން ހިފާލަމުން މޫނާމޫނު ގާތްކޮށްލިއެވެ. އެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ ތާރަ އޮތީ ކެތްމަދުވެފައެވެ. އެ ވަގުތު އިކާންގެ ފޯނު ވައިބްރޭޓް ވިއެވެ. ތާރާ ބޯ ހިއްލާލަމުން އެ ފޯނާ ދިމާއަށް ބަލާލިއެވެ.

- ނުނިމޭ -