ރާއްޖެ އެތެރެ ކުރަން އުޅުނު 8 ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނަކީ 1097 ގުރާމް ކަމަށެވެ.
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 877,600 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ މިދޔަ ބުދަ ދުވަހު އަތުލައިގެންފައެވެ. ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ހުރި ކަަމަށެވެ.
އޭގެތެރޭގައި ހިމެނެނީ 2138 ގްރާމްގެ މެތަމްފެޓަމިން، 1086 ގްރާމްގެ ކެޓަމިން އަދި 310 ގްރާމްގެ ހެރޮއިން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.