މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓި އަނިޔާ ވެއްޖެއެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:55 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ރިޕޯޓު ލިބުމާއެކު ފުލުހުން ހަރަކާތްތެރި ވާން ފަށާފައިވާކަމަށާއި އެ މީހާ މިހާރު ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ މީހާ ވެއްޓެން މެދުވެރިވި ސަބަބެއް ނުވަތަ ލިބުނު އަނިޔާގެ ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.