ވާރެއާ ތެމިގެން ތިބެ ތަރާގެ ހަށިގަނޑުން ކައިވެނީގެ ހެދުން ވަކިކޮށްލި ގޮތެވެ. އުރާލައިގެން އިކާންގެ ކޮޓަރިއަށް ވެއްދި ގޮތެވެ. ހީކަރުވާފަ ތިބުމުން ލައިގެން ހުރި ހެދުން ބޭލުމަށްފަހު އެނދުގައި އޮށޯތްކަމެވެ. އިކާންގެ ހޫނު ހަށިގަނޑު ތެރޭގައި ތާރާ ބޮނޑިވެލައިގެން އޮތް ގޮތެވެ.އިކާންގެ މޭގައި ބޯއަޅައިގެން އޮތް އިރު އިކާންގެ އަޑުން ކިޔައިދެމުން ދިޔަ ރީތިލަވަ އަޑުއަަހަން އޮތް ތާރާގެ އެސްފިޔަތަކަށް ބަރުވެ ނިދުނީއެވެ.
"ވަަޓް..." ތާރާއަށް ސިހިފައި ބަލާލެވުނީ އޭނާ އޮތް ބޮޑު އެނދަަށެވެ. އިކާން ނެތް ކަން އެނގުމުން އިތުރަށް އޭނާ ދެރަވިއެވެ. އެއް ފަރާތުން ފެންނަން ހުރި ފާޚާނާއާ ދިމާއަށް ތާރާ މިސްރާބު ޖެހި ވަގުތު އޭނާގެ ފޯނު ރިންގް ވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހައިގެން ހުރެ ފާޚާނާއާ ދިމާއަށް ތާރާ މިސްްރާބު ޖެހީ އެ ފޯނަށް ވާހަކަ ދައްކަމުންނެވެ. "ހަލޯ...."
"ތާރާ... ހައުސް ދަ ނައިޓް... ވަރަށް ތަދުވިތަ؟..." ލާނެއް ރާގަކަށް ވާހަކަ ދައްކަމުން އުލްފާ އަހާލިއެވެ.
"ހަހަހަ... އެއްވެސް ތަދެއް ނުވޭ... ވަރަށްް ރޮމޭންޓިކް... ވެޑިންގް ޑްރެސްގަ މިގޭ ޓެރަސްގަަ ދެމީހުން ވާރެއާ ތެމުނީ... ދެން އެތެރެއަށް ވަދެ ވަރަށް ރޮމޭންޓިކް ކޮށް ތިބީ.. އެހެން ތިއްބާ އަސްލު މަށަށް ނިދުނީ.. ވަަރަށް ޓަޔަޑްވެފަ ދޯ ހުރީ... ދެންމެ މިހޭލެވުނީވެސް.. އެންޑް އިކާން ވެސް ނެތް ގެއަަކު... އަހަންނަށް ވުރެ ކުރިން ތެދުވެގެން އިކާން އެ ދިޔައީ... އޭނަ އަންނަން ވާއިރަށް ފެންވަރަން މިދަނީ.. ވިލް ކޯލް ޔޫ ލޭޓާ އިނގޭ..." ތާރާ އެއް ފައްޗަކަށް ހުރިހާ ވާހަކައެއް ހިއްސާ ކޮށްލުމަށްފަހު އެ ބޮޑު ފާޚާނާ ތެރޭގައި ހުރި މޫނު ދޮންނަ ތަށި މަތީ ފޯނު ބޭއްވިއެވެ.
ތުވާލި އޮޅާލައިގެން ތާރާ ފާޚާނާއިން ނިކުމެ އޭނާ ގެނައި އަތް ދަބަސް އެނދު މަތީ ބަހައްޓައިގެން ހާވަން ފެށިއެވެ. އޭގެ ތެރެއިން ނެގި ޖީންސަކާ ޓީޝާޓްކޮޅު ނަގާ ހަމަޖެހިލި ވަގުތު އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުނު އަޑު ތާރާއަށް އިވުމުން ދެލޯ ބޮޑު ވިއެވެ. ފަހަތަށް ސިއްރުން ބަލާލީ އެ ކޮޓަރިއަށް ވަތް މީހެއް ޔަގީން ކުރާށެވެ.
ހެވި ދިލިފައި ހުރެ ތަބަކެއްގައި ދެ މަގު ބަހައްޓަައިގެން އިކާން އެ ކޮޓަރި ތެރެއަށް ވަދެގެން އައެވެ. އެ ތަބަށް އެނދުމަތީ ބެހެއްޓުމަށްފަހު ތާރާއާ ދިމާއަށް ވަށްކަޅިން އިކާން ބަލާލިއެވެ. މޭމައްޗާ ހަމައަށް އަނދެފައިވާ ތުވާލީގައި ދެއަތުން ހިފަހައްޓައިގެން ތާރާ ހުރީ ލަދުންކަން އިކާނަށް އެނގުނެވެ. ހެދުން ހިފައިގެން ފާޚާނާއަށް ދާން ހިނގައިގަތުމުން ތާރާގެ އަތުގައި އިކާން ހިފާލިއެވެ. "ގުޑް މޯރނިންގް... އާދެބަލަ ކޮފީއެއް ބޯލަން..."
"އިކާން.. އަހަރެން މިއަންނަނީ ހެދުން ލައިގެން..." ލަދުން ހުރެ އެހެން ބުނި އިރު އިކާނާ ހަތަރުކަޅި ހަމަކުރާކަށް ތާރާއަކަށް ނުކެރުނެވެ.
"ތިހެން ހުންނަ އިރު މާ ލޯބި..." ތާރާގެ އަތުން ދޫ ކޮށްލަމުން ތާރާއާ ގާތްވެލަން އިކާން ކުރިއަށް ޖެހިލިއެވެ. ލަދުން އިސްޖަހައިގެން ހުރި ތާރާ ދުއްވައިގަތީ ފާޚާނާއާ ދިމާއަށެވެ. ތާރާ ލަދުން އުޅޭ ގޮތް ފެނުމުން އިކާން ގާތަށް ހިނިއައެވެ. އަންހެން ކުދިންގައިގަ ހުންނަންޖެހޭ ރީތި ސިފައެއްކަމަށް މީހުން ބުނާ މި ސިފަ އިކާނަށް މިފެނުނީ ތާރާގެ ފަރާތުން އެކަންޏެވެ. އިސްތަށިގަނޑުގައި ހިފާލަމުން ތާރާ ދިޔަަ ދިމާއަށް އިކާން ބަލާލިއެވެ.
"ޝީޒް ސޯ ޑިފަރަންޓް..." އިކާން ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ނަފްސާއެވެ.
ހެދުން ލައިގެން ފާޚާނާއިން ތާާރާ ނުކުތީ އޭނާގެ ތެތް އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެންނެވެ. އިކާންގެ މަގަތުގައި ތާރާ އިށީނުމުން ތަބަކުން ކޮފީތަށި ނަގާ އިކާން ދިއްކޮށްލިއެވެ. އެ ހޫނު ތަށީގައި ހިފާލަމުން އިކާންގެ މޫނަށް ތާރާ ބަލާލީ ރަކި ހިނިތުންވުމަކާ އެކީގައެވެ.
"ތާރާ ވެސް ރަނގަޅުވާނެ މިއުޒިކީ ދުނިޔެއަށް ނުކުންނަން... ވަރަށް ވިދާލާނެ" އެއް ބުމަ އަރުވާލަމުން އިކާން ވާހަކަ ދެއްކީ އޭނާގެ ކޮފީ ތަށިން ރަހަ ބަލާލަމުންނެވެ.
ކޮފީތަށި ތުނބުން ވަކިކޮށްލަމުން ތާރާ ވާހަކަ ދައްކަން މަސައްކަަތް ކުރިއެވެ. "ހެހެހެ.. ނޫނޭ... އެއީ އިކާނަށް ސަޕްރައިޒެއް ދޭން ކިޔާލި ލަވައެއް..."
"އެހެންތަ.. ވެލް ޔޯ ސަޕްރައިޒް ދޯ... ވަރަށް ތަފާތު..." އިކާން ހިނިއައިސް ހުރެ ބުނެލި ޖުމްލައިގައި ދެވަނަ މާނައެއް ފޮރުވިފައިވާ ކަމެއް ތާރާއަކަށް ނޭނގުނެވެ.
"ހާދަ ޕްރެކްޓިސްއެއް ކުރީމޭ... ޓު މޭކް އިޓް ޕާފެކްޓް... އިކާން ލައިކްވީމަ ވަރަށް ހެޕީވެއްޖެ..." އިކާންގެ ފަރާތުން ލިބެމުން ދިޔަ ތައުރީފްގެ ބަސްތަކުން ތާރާ ވާހަކަ ދެއްކީ ވަރަށް އުފަލުން އިނދެއެވެ.
"އެހެންތަ... ވަރަށް ޕްރެކްޓިސް ކުރިން ދޯ!... އެހާ ލޯބިން އަހަރެންގެ މޭގައި ބޯ އަޅާއިގެން އޮވެ ލައްވަމުން ދިޔަ މިއުޒިކީ އަޑު... އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ..." ތާރާގެ ކަންފަތް ދަށާ ގާތްވަމުން އިކާން ބުނެލިއެވެ. އަދިއެއަށްފަހު ނޭފަތް އެތެރެއަށް ދަމާލަމުން ގުގުރިދަމާ ޒާތުގެ އަޑެއް ލައްވާލުމުން ތާރާގެ ދެލޯ ބޮޑުވިއެވެ.
އިކާން އެބުނީ ކޮން ރާގެއްގެ ވާހަކައެއްކަން ތަރާއަށް ނަގައިގަނެވުނީ އެ ވަގުތެވެ. ކޮފީތަށި ތަބަކުގައި ބެހެއްޓުމަށްފަހު އިކާންގެ ފަހަތުން ތާރާ ދުއްވައިގަތެވެ. "ޔޫ.... ހާދަ ގޯހޭ...." ސޯފާއާ ހަމައަށް ގޮސް އިކާން އެނބުރިލީ ތާރާއާ ކުރިމަތިލާށެވެ. ދުވެފައި އައިސް އިކާންގެ މޭގައި ލައްވަމުން ތާރާގެ ދެއަތުން އިކާންގެ ގައިގައި ތަޅާލިއެވެ. އެއަތުގައި ހިފަހައްޓަަމުން ތާރާގެ އޫކޮށްފައިވާ ތުންފަތަށް ބަލަން އިކާނަށް ހުރެވުނެވެ.
"ވަރަށް ފޫހިވޭ... އަސްލު ތާރާއަށް ނިދުނީއޭ... ސޮރީ..." ދެރަވެފައި ހުރެ ތާރާ ހަށަންބަނދެލަމުން އެހެން ބުނެލި ގޮތުން އިކާން ވެސް ދެރަވިއެވެ.
"ހެހެހެ އެއީ ސަމާސާ.. އަސްލު ވެސް އިކާން ވެސް ވަރަށް ޓަޔަޑްވެފަ ހުރީ.. އަދި އަހަރެމެންގެ ލައިފްގަ ބާކީ ދުވަސްތައް އޮތީނުން... ކީކޭ ބުނަނީ... މިރޭވެސް ވާނެ އެކަހަލަ ލަވައެއް ކިޔާލަން..." ތާރާގެ ކޮލުގައި ހިފާލަމުން އިކާން ސޯފާގައި އިށީނެވެ. އިކާންގެ ފޯނު ރިންގް ވާން ފެށުމުން އިކާންގެ ޖީބުން ފޯނު ނެގިއެވެ. އެ ގުޅަނީ އިކާން ނުދަންނަ ނަންބަރަކުން ކަމަށް ވުމުން ދެ ހިޔާލެއްގައި ހުރެ ފޯނު ނެގީ ވަށްކަޅިން ތާރާއާ ދިމާއަށް ބަލާލަމުންނެވެ.
"އިކާންތަ؟....." އެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އެ ސޯފާއިން އިކާނަށް ތެދުވެވުނެވެ. "ލައްބަ.. ކީކޭތޯ؟.." އިކާންގެ ރާގު ބަދަލުވި އަޑު އިވި ތާރާ ހުރީ ހައިރާންވެފައެވެ. ފޯނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު ރީތިވާ މޭޒު ކައިރިއަށް ތާރާ އަވަސްވެގަތީ އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅާށެވެ.
"ތަރާ ހިނގާ ތިރިއަށް ދާން... މަންމަމެން ކައިރިއަށް ގޮސްލާފަ ދޯ ތާރާމެން ގެއަށް ދާން ވާނީ... ދެންމެ އެ ގުޅީ ތާރާގެ މަންމަ.. ތާރާ ފޯނަށް ނުގުޅިގެންނޭ ބުނީ... މިރޭ ފުރާ ގޮތަށް ހަނީމޫނު ޓިކެޓް ހަމަޖެހިފަ އިން ވާހަކަ ބުނީ.. އެހެންވެ ޕެކް ކޮށްލަން ވެސް ދާން ވާނެއްނު... އިހަށް ހިނގާ އަލީޝާމެން ކައިރިއަށް ދާން... މަންމަމެން އެބަތިބި ވަރަށް މީރުކޮށް ސައި ހަދައިގެން... ތާރާގެ އިންތިޒާރުގަ..." ވާހަކަ ދައްކަމުން އިކާން ކުރިއަށް ހިނގާފައި އައީ ތާރާއާ ދިމާއަށެވެ.
އިކާނަށް ފުރަގަސް ދީގެން ހުރި ތާރާގެ އުނަގަނޑުގައި ހިފާލަމުން ދާން ހިނގާށޭ އިކާން ބުނެލީ ތާރާގެ ކަނދުރާ ދޮށުން ވަސް ބަލާލަމުންނެވެ.
*** *** *** *** *** ***
އަތް ދަބަހަކަށް ބައެއް ހެދުންތައް ފަތްޖަހާ އަޅަމުން ދިޔަ ސަނާގެ ހަރާކާތަށް ޒިވީ އިނީ ގެއްލިފައެވެ. "އަދިވެސް އިކާނާ ދޭތެރޭތަ ތި ވިސްނަަނީ!... އެކަން ދެން ހަނދާން ނައްތާލާ... މިރޭ އަހަރެމެން މިއުޅެނީ ރިސޯޓަށް ޖައްސާލަން... ވީކެންޑެއްނު... ޒިވީ ބޭނުމިއްޔާ ޔޫ ކޭން ޖޮއިން އަސް..." ސަނާގެ ހެދުންތައް ޕެކްކޮށް ނިންމާލުމަށްފަހު ބުނެލިއެވެ.
"ކޮންބައެއް ދަނީ؟... އަހަރެން... އަަހަރެން މަޖާ ކުރާ ހިތެއް ނެތް... ގެއަށް ދާކަށް ވެސް ބޭނުމެއް ނޫން..." އެނދުމައްޗަށް ވެއްޓިގަންނަމުން ޒިވީ ވާހަކަ ދެއްކީ ފޫހި ގޮތަކަށެވެ.
"ޒިވީ މާ ބޮޑަށް ތި ވިސްނަނީ... ރިސޯޓަށް ގޮއްސަ ސްޕާއިން މަސާޖެއް ނަގަނިކޮށް މުޅި މީހާ ރިލެކްސް ވެދާނެ.. ހިިނގާބަލަ... ދީ ފޯނު އަަހަރެން ޒޫނައްތައަށް ގުޅާނަން..." ސަނާ މިހެން ބުނެ ޒިވީގެ އަތުގަ އޮތް ފޯނު ނެގިއެވެ.
"ނޫން... މަންމައަށް ގުޅާނެ ކަމެއް ނެތް.. އަހަރެން ހިނގައިދާނަން... އޮފީސް ނިމޭ ގަޑީގަ ގެއަށް ގޮސް ޕެކްކޮށްގެން އަހަރެން އަންނާނަން.. އޯކޭ އެއްނު... މިއަދު މިހުރި ގޮތަށް އަހަރެން އޮފީހަަށް ނުދާން މިގެއަށް މި އައީ... ގޭގަ އޮވެއްޖިއްޔާ މަންމަގެ ވާާހަކަތައް... ސޯ ބެޓާ ވީކެންޑްގަ ރިސޯޓަަށް ދިޔުން ވެސް..." ނިތްކުރިމަތީގައި އަތުގެ އިނގިލިތައް ވިއްދައި ބާރުކޮށްލަމުން ޒިވީ ވާހަކަ ދެއްކިއެވެ. އެ ދަތުރު ދާން ޒިވީ އެއްބަސްވުމުން ސަނާ ހުރީ ވަަރަށް އުފަލުންނެވެ.
"ދެޓްސް މައިގާލް... ޕެކްކޮށް ނިމުނީމަ ގުޅާލާ.. އޭރުން އަހަރެން ކާރުގަ ދާނަން ޒިވީ ބަލާ... ޒިވީ އޭރުން ތިރިއަށް ފައިބާނީ..."
- ނުނިމޭ -