އަޒްކާ ދެއްކި ވާހަކައަށް ސަމާލުކަން ދެމުން ތާރާ ޖަހާފައިވާ ލަވައިގެ އަޑު މަޑުކޮށްލިއެވެ. "ލަވަކިޔަން އިކާން ނުބޭނދޭނެ ދޯ އޭނަގެ ވެޑިން ނައިޓްގަ... ހައު އަބައުޓް މީޒާ އެންޑް މަބްރޫކު... އެއީ ވެސް ނުލާހިކު ކިއުޓް ލަވަ ކިޔާ ބައެއް... އެންޑް އައިމް ޕްލޭނިންގް ޓު ސިންގް އަ ސޯންގް ފޯ އިކާން... އިޓް ވުޑްބީ އަ ގުޑް ސަޕްރައިސް... ކިހިނެއް ވާނީ...."
މީރާގެ ޕްލޭންތައް އަޒްކާއަށް ކިޔައިދެމުން ދިޔައެވެ. ދެކުދިން އަވަހަށް ފެއްޓީ ދިހަ ދުވަސްތެރޭ ވެޑިންގް ޕާޓީއަށް ތައްޔާރު ވާށެވެ. އެހެންކަަމުން ތާރާގެ އެންމެ ގާތް ރައްޓެހިންތައް ވައިބާ ގްރޫޕަކަށް ލުމަށްފަހު އެ ގްރޫޕުގައި ތާރާގެ ވެޑިންގެ މައުލޫ ފެށިއެވެ. އަދި މާދަމާ އެގެއަށް އެކުދިިން އައުމަށް ތާރާ އެދުނެވެ.
*** *** *** *** *** ***
ޖަހާފައިވާ މިއުޒިކަށް ވިސްނަން ހުރި އިކާން ބަލަން ހުރީ ކުރިމައްޗަށް ވާގޮތަށް ހުރި ސްޓޭންޑްގައި ހަރުކޮށްފައިވާ ގަނޑަށެވެ. އޭގައި ލިޔެފައިވާ ލަވައިގެ ޅެމަކީ އިކާނަށް އާ ޅެމެއް ނޫނެވެ. ރާގު އޭގެ ސްޕީޑްގައި ދިޔައިރު ވެސް މައިކް ކައިރީ އިކާން ހުރީ ހުއްޓުން އަރާފައެވެ. ސްޓޫޑިއޯގައި ރެކޯޑިންގް ޖައްސަން ތިބި މީހުން އެހިސާބުން ރާގު ނިއްވާލިއެވެ. އިކާނަށް ކަމެއް ރޭކާލީ ޓްރެކްގެ އަޑު ކެނޑުމުންނެވެ.
"އިކާން.. ވެއާ އާޔޫ... ލަވަ ނުފައްޓާ ހުރެ ޓްރެކް އެހެރަ ދަނީ... އަނެއްކާ މި ޖައްސަނީ...." ސްޓޫޑިއޯގެ ބޮޑަކަށް ހުރި މީހާ ވާހަކަ ދެއްކިއެވެ.
އިކާން ހަމަޖެހެން މަސައްކަތް ކުރަމުން އަނެއްކާ ޓްރެކް ޖައްސާށޭ ބުނެލީ ސްޓޫޑިއޯ ތެރޭ އިށީނދެގެން އިން އޭނާގެ އެންމެ ގާތް އެކުވެރިޔާއާ ދިމާއަށް ބަލާލަމުންނެވެ. ފިޒާމް އިނީ އިކާންގެ ހަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. އިކާނަށް އަންނަމުން ދާ ބަދަލުތައް އެންމެ ގާތުން ފެންނަ އެކަކަކީ ފިޒާމެވެ. ލަވައިގެ މައިގަނޑު ކިޔާ ނިންމާލުމުން އަނެއްކާ ވެސް ޓްރެކް ނިއްވާލިއެވެ.
"އިކާން... ވަޓްސް ރޯންގް... ހާދަ ބްލޭންކޭ.. އެއްވެސް ފީލެއް ނެތް... މަރުވެފަ ހުރި މައްޔިތަކު ގެނެސް ލަވަ ކިޔުއްވިޔަސް މިއަށްވުރެ ރީއްޗަށް ކިޔާނެ... ލެޓްސް ޑޫއިޓް ވަންމޯ ޓައިމް..."
އިކާން ކަރުކެހިލަމުން ބޯ ޖަހާލީ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރަމުންނެވެ. ޓްރެކް ޖަހާލުމުން އިކާންގެ ދެލޯ މަރާލަމުން މިއުޒިކްގެ ތެރެއަށް ގެނބެން މަސައްކަތް ކުރިއެވެ. ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު ލަވައިގެ މައިގަނޑު އިކާންގެ އަސަރުގަދަ އަޑުން ކިޔާލިއެވެ.
އެ ހޯދި އުފާތަކާ، އެ މަސްތީ ރޭތަކާ... އެ އައި މޫސުމް ނަޔާ، މިލާ ނެތިގެން ދިޔާ... އެ ފަރި ހިނިތުންވުމާ އެރީތި ބެލުންތަކާ... ހަނދެއް ފަދަ ރީތިކަން ލޮލަށްވީ ގެއްލިފާ... އެ މަންޒިލް އަދު ކޮބާ؟.. އެ ހަނދުވަރު އޮއްސިފާ... ހުރީވެވިފާ ބާކީ.....
މައިގަނޑު ރަނގަޅަށް ކިޔާ ނިމުން އިރު އިކާނަށް ވަނީ ރޮވެން ކައިރިވެފައެވެ. ޓްރެކް ނިއްވާލުމުން އިކާން ދެލޯ ހުޅުވާލިއެވެ. އޭރު ސްޓުޑިއޯގައި ތިބި އެންމެން އެކީ ކޮޅަށް ތެދުވެއްޖެއެވެ. އެންމެން އެކީ އަތް ޖަހާލިއެވެ.
"ވާއު... ދެޓްސް ވަޓް އައި ވޯންޓް..."
ހިނިތުންވެލަމުން އަތުގެ އިޝާރާތުން އިކާން ބްރޭކެއް ބެނުންވާކަމަށް ބުނެ ސްޓޫޑިއޯއިން ބޭރަށް ނުކުމެވެން ހުރި ބެލްކަންޏަށް ނިކުތެވެ. ޖީބުން ސިނގިރޭޓް ފޮށިނަގާ ތުނބުގައި ޖަހާލަމުން ލައިޓާ ނަގާ ސިނގިރޭޓް ރޯކޮށްލިއެވެ. ސިނގިރޭޓްގެ ދުންތައް އެތެރެއަށް ދަމާލުމަށްފަހު ފަޒާގެ ތެރެއަށް އަނގައިގައި ހުރި ދުންތައް ބޭރުކޮށްލި އިރު އިކާންގެ ހިތަށް ލުއިކަމެއް ލިބުނު ކަހަލައެވެ.
"އިކާން... އައިނޯ ސަމްތިންގްސް ރޯންގް... މީ އިކާންގެ ފޭވަރިޓް ސޯންގެއްނު... ކުރިން އަބަދުވެސް ގިޓާ ހިފައިގެން މިލަވަ ޖަހާލަ ޖަހާލަ އިންނާނީ.. ނައު ޔޫ ގޮޓް ޗާންސް ޓު ސިންގް ދިސް... ކަމެއް ނުވެ އިކާން ތިހެން ނޫޅޭނެ.. އިކާނަށް މިލަވަ ނޭނގިއެއް ނުދާނެ..." ބެލްކަންޏަށް ނުކުމެ ފިޒާމްވެސް ސިނގިރޭޓެއް ރޯކޮށްލަމުން ވާހަކަ ދެއްކިއެވެ.
"މި ލަވަޔަކީ އަހަރެންގެ ލައިފްއާ ވަރަށް ގުޅުން ހުރި ލަވައެއް... އެންޑް... ސޯމެނީ މެމޮރީސް... އާހް... މިވާހަކަ މިއަދަކު ނުދެއްކޭނެ..." އިކާން މުށްކަވާލަމުން ބެލްކަނީގައިވާ ރެއިލިންގް ދަގަނޑު ގަނޑުމަތީގައި ޖަހާލިއެވެ. "ފިއްޓޭ... އައިމް ގެޓިންގް މެރީޑް ޑިސްމްބަރ 16 ގަ..."
"ކީކޭ.. ކާކާ.. ތާރާއާތަ؟... ކީއްވެ އެހާ އަވަހަށް؟... ޔޫ ނޯ ދޯ ކެރިއާ ރަނގަޅަށް ސްޓާރޓްވީ ކަން.. މި ދަނޑިވަޅުގަ މެރިއޭޖްއަކީ އެންމެ ރަނގަޅު ޑިޒިޝަންތަ؟..." ފިޒާމް އެއް ފައްޗަކަށް ހުރިހާ ސުވާލުތަކެއް އަމުނާލިއެވެ.
"އައި ޑޯންޓް ނޯ... އޭނަ މަށާ މެރީ ނުކުރާނަމޭ ބުނީމަ ދޯ ތާރާއާ ގުޅުނީ... އެންޑް ތާރާ މެރިއޭޖްގެ ވާހަކަ ދެއްކީމަ އަހަރެން އޭނައަށް ގުޅިން... އެވަރުން ވެސް އޭނަ ބުނީ ނީންނާނަމޭ... ސޯ ތާރާ ކައިރީ އަހަރެން ބުނީ ޔެސްއޭ... ތާރާ ވޯންޓްސް ޓު މެރީ ސޫން...." އިކާންގެ ވާހަކަ ނިންމާލަމުން އަތުގައިވާ ސިނގިރޭޓް ތުނބުގައި ޖަހާލިއެވެ.
"ތާރާއަކީ ގޯސް ކުއްޖެއް ނޫން... އެންޑް ޝީޒް ރިޗް... ސޯ ގޯހެއް ނޫން ދޯ... ބަޓް ޑޫ ޔޫ ލަވް ހާ..." ފިޒާމް ކުރި ސުވާލަށް ދޭނެ ޖަވާބަކާ މެދު ވިސްނާލަން ހުރުމަށްފަހު އިކާން ބޯން ހުރި ސިންގިރޭޓް ބެލްކަނީގަ ހުރި އަޅިކެނޑިއަށް ނިވާލިއެވެ.
"ތިއޭ މައްސަލައަކީ... އޭނަ ޖޭ ކުރަން މަ އުޅުނީ... އެކަމަކު ތާރާއަށް ދެރަގޮތެއް ހަދާކަށް ވެސް ބޭނުމެއް ނޫން... ވަރަށް ބޮލުގަ އެބަ ރިއްސާ.... މޯޑް ކައިރީ ބުނޭ މިރޭ ދެން ރެކޯޑިންގް ނުޖެއްސޭނޭ... މާދަމާއަށް ހަދާށޭ... އައިމް ވެރީ ޓަޔަޑް..." އިކާންގެ ޖީބުން ފޯނު ނަގާ ޑްރައިވަރަށް ގުޅާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
ރޭގަނޑުގެ ނިދިން މަޚްރޫމުވެފައި އިކާން އޮތީ އެކި ހިޔާލުތަކަށް ގެއްލިފައެވެ. ފިޒާމް ދެއްކި ވާހަކަތަކުން އިކާންގެ ސިކުނޑީގައި ވަނީ އިތުރު ރިހުމެއް އުފެދިފައެވެ. ނުނިދިފަ އެހެން އޮއްވާ އިކާންގެ ފޯން ވައިބްރޭޓް ވިއެވެ. ފޯނަށް އިކާން ބަލާލުމާއެކީ ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ.
އެނދުން ތެދުވެ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. ކޮޓަރިން ނިކުމެވުމުން އިކާން އަވަސްވެގަތީ އެ އެޕާޓްމަންޓްގެ ދޮރު ހުޅުވާށެވެ. ތަނަވަސްކޮށް ހަދާފައިވާ އެގޭގައި ބަހައްޓާފައިވަނީ ޒަމާނީ ފަރުނީޗަރތަކެވެ. ގޭތެރެއިން ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ ފުރިހަމަކަމެވެ. ގޭގެ މައިދޮރު އިކާން ހުޅުވާލިއެވެ. އޭރު ގޭގެ ދޮރުމަތީ ހުދު ކުލައިގެ ކުރު ހެދުމެއްގައި ހުރީ އިކާން ދެކެން ބޭނުންވާ ސޫރައެވެ.
އޭނާގެ އިސްތަށިގަނޑު ހުރީ ނިއުޅުވާލާފައެވެ. ތުންފަތުގައި ވަނީ ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. ދޮރު ހުޅުވާލުމާއެކު އިކާންގެ ނޭފަތުގައި ޖެހުނީ އެ މަޑު ސެންޓުގެ ވަހެވެ. އޭރު އެ އަންހެން މީހާ އިކާންގެ ހަށިގަނޑަށް ބަލާލިއެވެ. މަތިން ތިރިއަށެވެ. ޓީޝާޓެއް ނުލާ ހުރުމުން އިކާންގެ ހަށިގަނޑަށް އެއަންހެން މީހާ ބަލާލީ ދަހިވެތި ނަޒަރަކުންނެވެ.
"އަ....." އިކާންގެ އަނގައިން ބަހެއް ނުބުނެވެނީސް އެ އަންހެން ކުއްޖާ އިކާންގެ މޫނުގައި ހިފާ ގާތްކޮށްލިއެވެ. ދެއަތް ދުރުކޮށްގެން ހުރިނަމަވެސް އިކާނަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ކަސްރަތީ ހަށިގަނޑުގެ ބާރުން އެ އަންހެން މީހާ އުރާލައިގެން ގޭތެރެއަށް ވެއްދުމަށްފަހު ފައިންޖަހާ ދޮރުފަތް ލައްޕާލިއެވެ.
"ޝްޝް... ޕްލީސް ޑޯންޓް ޓޯކް.. އައި ނީޑްޔޫ އިކާން..." އެ އަންހެން މީހާ އިކާންގެ ކަންފަތް ދޮށުގައި މިހެން ބުނިއިރު އިކާންގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ބަލަބަލަ ހުއްޓާ އެ އަންހެން މީހާ އިކާންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އޭނާ ލައިގެން ހުރި ކުރު ހެދުމުގެ މޭމަތީގައިވާ ޒިބު ކަހާލަމުންނެވެ. އެ އަންހެން މީހާއަށް އިކާން ދިރިއުޅޭ އެޕާޓްމަންޓަކީ އާ ތަނެއް ނޫނެވެ. އޭނާއަށް ދާންވީ ކޮން ތަނަކަށް ރަނގަޅަށް އިނގެއެވެ. ނޭނގޭ ބާރަކުން އިކާން އެ އަންހެން މީހާގެ ފަަހަތުން ދިޔައެވެ.
- ނުނިމޭ -