ހުޅުމާލޭގައި މަގު ހުރަސްކުރި މީހަކާއި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ކުޑަކުއްޖާއަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 1، ނިރޮޅުމަގު އެލް މޯބައިލް 3 ކައިރިން މިއަދު މެންދުރު ފަހު 3:50 ހާއިރު ކަމަށެވެ. އެ ސަރަހައްދުން މަގު ހުރަސް ކުރި މީހަކާއި ކުއްޖެއްގެ ގައިގާ ސަކަލަކުން ޖެހި ހިނގާފައިވާ މި އެކްސިޑެންޓްގައި 6 އަހަރުގެ ކުއްޖާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ، އެ ކުއްޖާގެ ކަކޫ މަށައިގެން ގޮސް ކަނާތްފަރާތު ތުންފަތް މަތިން ބައި އިންޗިއެއްހާ ތަން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް އިތުރު ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓަގއި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.