ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނޭއިރު މި އަހަރުގެ ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ އެތަކެތި ގެނެސް ބާޒާރު ތިޔާގި ކޮށްލައިފައެވެ.
އެސްޓީއޯއިނަ މި ބާވަތަތްތައް އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށް އެ ކުންފުނިން މީގެ ކުރިންވެސް ބުނެފައި ވެއެވެ.
ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއްކަމަށާއި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެން ކަމަށް ވެސް ބުނެއެވެ.
އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެންނަ ކަމަށް ވެސް ބުނެފައި ވެއެވެ. ލޮނުމެދު މިވަގުތު ވިއްކަނީ 45 ރުފިޔާއަށް ކިލޯއެކެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ކަމަށް ވާއިރު ހުޅުމާލޭގެ ހޮޓާ ހޯލްސޭލް ސައިޓުން ލިބޭނޭގޮތް ހަދާފައި ވެއއވެ. މިއީ އެސްޓީއޯއިން ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެން ފެށިފަހުން ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮބަދަލާ ގުޅިގެން އަގަށް ބަދަލު ގެންނަ 4 ވަަނަ ފަހަރެވެ.
- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާއަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް
ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރެއެވެ. އެއީ: އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް އަލުވި، ކާށި، ކަދުރުތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް އަދިޕްރޮސެސްޑް ކާނާގެ ގޮތުގައި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކްޑް ބީންސް، ގެރިކިރު ދަޅާއިކެއްކުމަށް ބޭނުން ކުރާތަކެތީގެ ގޮތުގައި ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ ހިމެނެއެވެ.