ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާއަށް އިންސާފު ހޯދައިިދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދިން 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހޮޅުދޫގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ މައްސަލައިގައި މި 2 މީހުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި 2 މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ޒަހަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާގެ މަރުގެ ތަހުގީގު އަވަސްކޮށް، އިންސާފު ހޯދައި ދިނުމަށް ގޮވާލައި އެ ރަށުގައި އަންނަނީ ސިލްސިލާ ގޮތެއްގައި އިހުތިޖާޖުތައް ހިންގަމުންނެވެ.