ސްޕްރީމް ކޯޓޫގެ ފަނޑިޔާރުން ކަމަށް ވާ ހުސްނު ސުއޫދު އާއި މަހާޒު އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި 3 ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައި ވަނީ، އެ ފިޔަވަޅު އަޅާފައި ވަނީ، އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ކަމަށާއި އެއީ އޭސީސީން ބަލަމުން ދާ މައްސަލައަކާ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އެ ތިން ބޭފުޅުންނާ ގުޅޭ ޖިނާއީ ތަހްގީގެއް ކުރަމުންދާ ކަން އޭސީސީން އެ ކޮމިޝަނަށް އަންގާފައިވާތީއެވެ.
އެއީ ކޮން މައްސަލައެއްކަން އޭސީސީން ސާފުވާ ގޮތެއް އަދި ނުވެއެވެ.
ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން، ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަހްގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިކަން ޖޭއެސްސީ އަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ އެ ފަނޑިޔާރެއް ސަސްޕެންޑްކުރުމާ މެދު 48 ގަޑިއިރުތެރޭ ގޮތެއް ނިންމަން ވާނެއެވެ.
އެހެންކަމުން ޖޭއެސްސީގެ ގާނޫނަށް ރިއާޔަތްކޮށް ތިން ފަނޑިޔާރުން ވެސް މިއަދުން ފެށިގެން ސަސްޕެންޑުކުރަން ނިންމީ ކަމަށް، އެ ކޮމިޝަނުން ބުންޏެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލަ ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ބަލަމުން ދަނީ ސުޕްރީމް ކޯޓުގެ މުޅި ބެންޗުންކަން ފާހަގަކުރެވެއެވެ. ނަމަވެސް ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން މި މައްސަލައިގައި ވަގުތީ އަމުރާ މެދު ގޮތެއް ނިންމުމަށް ތާވަލުކުރި އަޑުއެހުން މި ވަނީ ކެންސަލް ކޮށްފައެވެ.
ސްޕްރީމްކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި މި ވަނީ، ސްޕްރީމްކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާ އިސްލާހު ފާސްކުރިތާ ވަގުތުކޮޅެއްގެ ތެރޭގައެވެ. މީގެ އިތުރުން މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީއަށް އޮންނަ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސްޕްރީމްކޯޓުގައި ހިނގަމުން ދިޔަ ދަނޑިވަޅެއްވެސް މެއެވެ.
ސްޕްރީމްކޯޓުގެ ފުލް ބެންޗުން ބަލާ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެވެ.
މިއަދު 3 ފަނޑިޔާރުން ސަސްޕެންޑް ކުރި އިރު، މިހާރު މަޖިލީހުގައި ތިބި މެންބަރުން ވަކި ނުވާނެކަމަށް ބަޔާންކޮށް ވަގުތީ އަމުރަކަށް ވެސް އެދިފައި ވާ އިރު އެ މައްސަލައިގެ އަޑުއެހުމަށް މިއަދުގެ 11 ޖަހާއިރަށް އެ ކޯޓުގައި ތާވަލު ކޮށްފައި ވެސް އޮތެވެ.
ސްޕްރީމްކޯޓުގެ ބެންޗަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅާ މައްސަލަ ކުރިއަށް ދާއިރު، ގާނޫނުއަސާސީގައި ބުނަނީ ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ފަނޑިޔާރުންގެ ސްލޫކީ މައްސަލައެއް ޖޭއެސްސީއަށް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކި ކުރެވޭނެ ހަމައެއް ވެސް ނޯވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ނޫންކަމަށް ފުންނާބު އުސް ބައެއް ލޯޔަރުން ވިދާޅުވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ބުރަވެވަޑައިފައި ވަނީ އެ ގޮތަށެވެ.
ފިލްޒާގެ ލަފައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ނޫން ނަމަވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ހުށަހަޅާފައި އޮތީ އެ މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ވަކިކޮށްގެންނެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.