ނިމިދިޔަ ހަފްތާ ބަންދުގައި އުރީދޫން ބޭއްވި 'އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް' ކުލަގަދަ ހަފްލާއަކާ އެކު ނިންމާލައި، ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމުތައް ދީފިއެވެ.

އުސްފަސްގަނޑުގައި ކުރިޔަށް ދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއެވެ.

މި މުބާރާތް ފަށާފައިވަނީ ކޮސްޕްލޭ ސެގްމެންޓަކުންނެވެ. މި ސެގްމެންޓުގެ ބައިވެރިން ވަނީ ކޮސްޕްލޭގެ ގޮތުގައި މަޝްހޫރު އެނިމޭ ކެރެކްޓަރުތަކާއި ގޭމް ކެރެކްޓަރުތައް ދިރުވައި، އުފެއްދުންތެރިކަން ދައްކާލައިފައެވެ.

ރޭގެ އެންމެ ޝަރަފުވެރި 'އަލްޓިމޭޓް ޕްލެޔާ'ގެ ލަގަބާއި ތަށި ހޯދާފައިވަނީ ހައިޝަމް ވަހީދެވެ. ފައިސާގެ އިނާމުގެ ގޮތުގައި ހައިޝަމަށް 30،000ރ ދީފައިވެއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާފިއު ވަނީ، ރާއްޖޭގައި އީ-ސްޕޯޓްސް އާއި ގޭމިން ކުރިއެރުވުމުގައި އުރީދޫން އަދާކުރަމުންދާ ދައުރަށް ތައުރީފްކުރައްވައިފައެވެ. ރާފިއު ވިދާޅުވީ، އީ-ސްޕޯޓްސް އާއި ގޭމިން ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބަޔަކަށް ވެއްޖެ ކަމަށާއި، މިފަދަ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ގޭމަރުންނަށް ޕްލެޓްފޯމެއް ލިބި ރާއްޖޭގެ ގޭމިން އިންޑަސްޓްރީ ކުރިއެރުވުމަށް އެހީތެރިވެދޭ ކަމަށެވެ.

'އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް'ގެ ވަނަތައް ހޯދި ފަރާތްތައް:

  • ޕަބްޖީ މޯބައިލް
    • 1 ވަނަ - ބައިލައްކަ ރުފިޔާ: އެސްޑީއެމްޒީ އީސްޕޯޓްސް
    • 2 ވަނަ - 20،000ރ: އަކަޒަޔާ އީސްޕޯޓްސް
    • 3 ވަނަ - 15،000ރ: އެލްއެފް ސްކައިފޯސް
    • އެމްވީޕީ: އެސްޑީއެމްޒީހައިއްޓެ
  • މޮބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ)
    • 1 ވަނަ - 20،000ރ: އެލްއެމްއެމް ސްލީޕިން
    • 2 ވަނަ - 15،000ރ: ވިގަނި
    • 3 ވަނަ - 10،000ރ: އެލްއެންއެން އެސްއެލްއެފްއޯ ޕައިލަޓްސް
    • އެމްވީޕީ - 5،000ރ: ރީޕާ މާލް
  • އީއޭއެފްސީ
    • 1 ވަނަ - 20،000ރ: ޒަމީލް ޒިހުނީ
    • 2 ވަނަ - 15،000ރ: ޖަނާން މުހައްމަދު
    • 3 ވަނަ - 10،000ރ: މުހައްމަދު އައިމަން
    • އެންމެ ގިނަ ގޯލް ޖެހި - 5،000ރ: ޒަމީލް ޒިހުނީ (62 ގޯލް)
  • ކޮސްޕްލޭ
    • 1 ވަނަ - 5،000ރ: އައިޝަތު ޚުމައިސާ ބިންތި ޔޫސުފް
    • 2 ވަނަ - 3،000ރ: މަރިޔަމް އަރީން ޝަހީދު
    • 3 ވަނަ - 2،000ރ: މުހައްމަދު އަމީރު އާމިރު