ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ، މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެ ގައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އެ މަނިކުފާނު އައުކުރެއްވިއެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ، ރައީސް ވަނީ ދެ ގައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވެފައިވުމަކީ މިކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ 50 އަހަރު ތެރޭގައި ވިޔަފާރީގެ ގުޅުމާއި، ރަސްމީ ގުޅުންތައް އިތުރުވެ، ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަން ބަދެހިވަމުން އަންނަކަން ފާހަގަކޮށް ރައީސް ވަނީ މި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި، ކުރިއަށް އޮތްތަނުގައި މިއަށްވުރެ ހަރުދަނާވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެ ގައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ ފެބްރުއަރީ 20، 1975 ވަނަ އަހަރުގައެވެ.