ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯގެ ގުދަން ފަޅާލައި 130އަށް ވުރެ ގިނަ ކާޓޫނު ސިނގިރޭޓު ވަގަށް ނަގައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޏ. ފުވައްމުލަކު ޔޫރޯ ސްޓޯގެ ގޯ ޑައުންއިން 130އަށް ވުރެ ގިނަ ކާޓޫޏު ވަގަށް ނަގާފައިވާ މައްސަލައެއް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގާފައި މިވަނީ ސަރުކާރުން ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ސިނގިރޭޓުގެ އަގު ބޮޑުވެފައިވަނިކޮށެވެ.