ރޭ ދަންވަރުގެ ވަގުތެއްގއި މާލޭގައި ސިފަ ބަދަލުކޮށްގެން އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެމީހުން ސިފަ ބަދަލުކޮށްގެން އުޅުނީ މާވެޔޮ މަގު ކަންމަތީގައި ކަމަށާއި އަދި ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 2:39 ހާއިރު ކަމަށެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ތިބީ އަނހެން ހެދުން އަޅައިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިމުރުން 46 އަހަރުގެ ހދ. ވާދޫ، ލިލީގެ، މުހައްމަދު ސޮބާހު އާއި އުމުރުން 42 އަހަރުގެ ނ. މިލަދޫ، ސޯސަންގެ މުހައްމަދު ނައުޝާދެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.