ރަސްމީ ދަތުރެއްގައި އިންޑިއާ އަށް މިއަދު ފުރާ ވަޑައިގަންނަވާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިއުލާން ކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގެ ކުރީކޮޅު ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް މިއަދު އިންޑިއާ އަށް ރަސްމީ ދަތުރެއްގައި ފުރާވަޑައިގަންނަވާނެ ކަން ހާމަކުރައްވައި، ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ހަވާލުކުރެއްވުމަށް ފަހު ވަޑައިގެންނެވީއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް އަބްދުއްރަހީމް އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ދައުވަތަކަށެވެ. އެކަން އެ މިނިސްޓްރީން އިންޑިއާގެ މަޖިލީހަށް މިދިޔަ ޑިސެމްބަރު މަހު އެންގިއެވެ.
މި ދަތުރުގެ މާ ބޮޑު ތަފްސީލެއް މަޖިލީހުން އަދި ހާމަ ނުކުރެއެވެ.