އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ބާއްވަން ނިންމައިފިއެވެ.
އުރީދޫ އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބިނޭ، 18 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވުމުގެ ފުރުސަތާއި އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހިއްސާދާރުންނަށް އޮންނާނެ ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން އިތުރަށް ބުނީ 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މިމަހު 22 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.
މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ބަދަލުކޮށް، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.