މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ދިމާކޮށް އުރީދޫ އިން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ސޭލް ޓެންޓަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އިން ވަނީ ހުޅުވާލާފައެވެ.

އެގޮތުން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު މި ހަފްތާގެ ނަސީބުވެރި ފަރާތަށް އުރީދޫ އިން ވަނީ ޓީވީ އެއް ދީފައެވެ. މި ޓީވީ ލިބިފައިވަނީ ހއ. ދިއްދޫ، އަހުމަދު ޝުމޫލް އަށެވެ. ޝުމޫލް އަށް މިހާރު ވަނީ މި ޓީވީ ހަވާލުކޮށްފައެވެ.

އުރީދޫ އިން ބުނީ ހުޅުމާލެ ރެހެންދި ޓާފްގައި ކުރިއަށް ގެންދާ މި ސޭލް ޓެންޓު ތަކުން އުރީދޫގެ އެކި އެކި ހިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި މި ހިދުމަތް ލިބިގެންދާނީ ރޭގަނޑު 8:00 އިން 11:00 ގެ ނިޔަލަށް ކަމަށެވެ.

އުރީދޫ އިން ބުނީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު އުރީދޫ ޓެންޓުން އުރީދޫގެ ސާވިސް އެއް ހޯދައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ އިން ބުނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. މި އޮފާގައި އުރީދޫ އިން އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ.

އުރީދޫން ބުނީ ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށް ކަމަށެވެ. މި އަހަރުގެ މި މުބާރާތުގައި އުރީދޫއިން ވަނީ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އުރީދޫއިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވި 3 ވަނަ ފަހަރެވެ.