އެމްޓީސީސީ އިން ބޭއްވި ކަށަވަރު ޕްރޮމޯ 2024 ގެ ނަސީބުވެރި ފަރާތަކަށް އެންޓްރެކްހޯލްޑިން ހޮވިއްޖެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ނޮވެމްބަރު 1، 2024 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31، 2024 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި "ކަށަވަރު ޕްރޮމޯ 2024" ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނު ރަސްމިއްޔާތުގައ،ި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތުގެ ނަން އިއުލާންކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހުމަދު ސައުދީއެވެ.

އެމްޓީސީސީ އިން ބުނީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ" ގެ މަގްސަދަކީ އޮޑިވެރިންނާ، މަސްވެރިކަމާ، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރުފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓްތަކަކީ ސުޒުކީ އިންޖީނާއ،ި އިންޖީނުގެ ސްޕެއާ ޕާރޓްސްއާއި ކާސްޓްރޯލް އަޑީތެލާއ،ި ސްކޮޓްބޭޑާ ފައިބަރު ސާމާނާއ،ި ޕީޕީޖީ މެރިންކޯޓިންގް އާއ،ި މަރޯލް ހުންގާނު ސިސްޓަމާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި އޮޑިދޯނިފަހަރަށް ބޭނުންވާ އެހެނިހެން ސާމާންތަކަށް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

"ކަށަވަރު ޕްރޮމޯ 2024" ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ވަނީ ޒިޔާރަތްކޮށްފައެވެ. އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުންކަމަށް އެ ކުންފުނިން ބުނެފައިވާއިރު ކޮންމެ އަހަރަކު އެކިއެކިޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތުފޯރުކޮށްދިނުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. އަދި މިއީ އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ މިކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެކެވެ.