މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޓޯކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނާނީ މާލޭގެ ކާރުބާރު ބޮޑު މަގުތަކަކުން ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، ސޯސަން މަގު، މަޖީދީ މަގު، އޯކިޑް މަގު އަދި އަމީރު އަހްމަދު މަގުގައި ދަތުރު ފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގާނެ ކަމަށް ފުލުހުން ބުނެއެވެ.

މާލޭގެ މަގުތައް ތަރުތީބުކޮށް އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތައް އާންމުން ދެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ވެސް ޕާކިން ޒޯން ކުރަހާފައި ނުހުންނަ ސަރަހައްދުތަކުގައި ވެސް ވެހިކަލްތައް ޕާކްކޮށްފައި ހުރެއެވެ. ހަމައެއާއެކު ބައެއް މަގުތަކުގައި ދުވާރު މަރިން ހިނގާބިންގާވެ ނޫޅެވޭނެ ގޮތަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ވެސް ޕާކްކޮށްފައި ހުންނަ ތަން ފެނެއެވެ.

މި ގޮތަށް ޕާކޮކޮށްފައި ހުންނަ ވެހިކަލް ތަކުގެ ސަބަބުން ދަތުރު ފަތުރު ކުރަމަށް ހުރަސް އެލޭ އިރު ހިނގާބިންގާވެ މަގުތަކުގައި އުލޭ އާނމުންނަށް ވެސް އެތައް ތަކްލީފްތަކެއް ޖެހެއެވެ. ބައެއް ފަހަރު ޕޭމަންޓްކައިރީ ޖަހާފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ޕޭމަންޓުން ފޭބުން ދަތިކަމަކަށް ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.