އުރީދޫ މޯލްޑިވްސްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިން އާއި ޓްރަބްލްޝޫޓިންގެ ހިދުމަތް ހޯދުމަށް ވެރިފައިޑް ވަޓްސްއެޕް އެކައުންޓެއް ލޯންޗްކޮށްފިއެވެ.
އުރީދޫ އިން ބުނީ، އެ ކުންފުނީގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފްކޮށް، ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތެއް 24 ގަޑިއިރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ގޮތުގައި އުރީދޫން ބުނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ އިރު، މި ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަރަށް އަހުލުވެރި އަދި ހަރުދަނާ މަގެކެވެ. ވެރިފައިޑް ވަޓްސްއެޕް އެކައުންޓުން ކަސްޓަމަރުންނަށް ލިބިގެންދާނީ:
- 24/7 ކަސްޓަމާ ސަޕޯޓް: ކޮންމެ ވަގުތެއްގައި ވެސް ސުވާލުތަކާއި ހިދުމަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން.
- އެންހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސް އިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރިމުއާމަލާތެއް ކަން ޔަގީންކޮށްދެ އެވެ.
- ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ ޑިޖިޓަލް ކޮމިއުނިކޭޝަން އެޕް މެދުވެރިކޮށް އުރީދޫގެ ސަޕޯޓް ޓީމާމެދުކެނޑުމެއްނެތި ވާސިލުވެވޭނެ އެވެ.
ވަޓްސްއެޕާއެކު މި އިންޓަގްރޭޝަންގެ ސަބަބުން އިނޮވޭޓިވް ކަސްޓަމާ އެންގޭޖްމަންޓް ސޮލިއުޝަންތަކަށް ވަޓްސްއެޕްގެ ބޭނުން ހިފުމުގެ ފުރުސަތު ލިބިގެންދަނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫ މޯލްޑިވްސް އިން އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން މިސޮލިއުޝަން ރާއްޖެއަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ހިދުމަތް ފުޅާކޮށް ދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް އުރީދޫން ބުނެއެވެ.
ކަސްޓަމަރުންނަށް އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަމްބަރު 9611929 އަށް މެސެޖުކޮށްގެން މިއަދުން ފެށިގެން ކަސްޓަމާ ސަޕޯޓް ލިބިގެންދާނެއެވެ. މި ޗެނަލުން ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިންއާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ކަންކަމާ ބެހޭ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.