އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ގާއިމްކޮށްފި އެވެ.
މިއީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހައްޖާޖީންނަށް މެދުނުކެނޑި މުއާމަލާތްކުރުމާއި، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫއިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން އުރީދޫ މޯލްޑިވްސް ޓަޔާ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓާ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވުމާއި، އައިޓީ ވަސީލަތްތައް މަދުވުމާއި، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ވަނީ ހައްލު ހޯދާ ދީފައެވެ.
އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
ކްލައުޑް-ހޯސްޓްޑް އާކިޓެކްޗާއަކީ އެންޓަޕްރައިޒް ގްރޭޑް ސެކިއުރިޓީ، މެކްސިމަމް އަޕްޓައިމް އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ކަށަވަރުކޮށްދޭ އާކިޓެކްޗާއަކަށް ވާއިރު ސްކޭލެބިލިޓީ ނުވަތަ ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ މި ސިސްޓަމަކީ ސީއާރްއެމް ޕްލެޓްފޯމްތަކާ އެކު މުސްތަގުބަލުގައި އިންޓަގްރޭޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ވެސް ތައްޔާރުވެފައިވާ ސިސްޓަމެކެވެ.
މިއީ ހައްޖަށް ދާ މީހުންގެ ހުރިހާ ސުވާލަކަށް ހަރުދަނާ ގޮތެއްގައި ޖަވާބު ދިނުމަށް އިތުބާރު ހުރި ވަން ކޯލް ޑައިލްގެ ހިދުމަތް ފޯރުކޮށްދީ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ހާއްސަ ހައްލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫއިން ފޯރުކޮށްދޭ މިފަދަ ހިދުމަތްތަކަކީ ވިޔަފާރިތަކަށް ކުރިއެރުމަށާއި އެފިޝަންސީއަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދިނުމުގައި އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން އުރީދޫގެ ދައުރު ފާހަގަކޮށް، މުސްތަގުބަލަށް ތައްޔާރުވެ ތިބުމަށް އުރީދޫއިން ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ.