އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ 18 ވަނަ ނަސީބުވެރި އަކަށް އަބްދުއްނޫރު އަހްމަދު ނިޒާރު ހޮވިއްޖެއެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ގެ ނިޔަލަށް ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ސައިކަލު ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އިއްޔެގެ ނަސީބުވެރި ފަރާތަށް ސައިކަލު މިހާރު ހަވާލުކޮށްފައި ވާއިރު ނޫރު އަށް އުރީދޫ އިން ދީފައި ވަނީ އެއާބްލޭޑު 125 ގެ ކަޅާއި ރަތް ކުލައިގެ ސައިކަލެކެވެ.
އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި ތިން ޕީސީ އެކްސް ދިނުމަށް ހަމަޖެހިފައި ވެއެވެ. މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.