އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ 17 ވަނަ ނަސީބުވެރި އަކަށް ރ. މީދޫ، ރިއުމާން މުހައްމަދު ހޮވިއްޖެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ގެ ނިޔަލަށެވެ.
އުރީދޫއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ސައިކަލު ދިނުމަށް ހަމަޖެހިފައި ވާކަމަށާއި، އިއްޔެގެ ނަސީބުވެރި ފަރާތަށް ސައިކަލު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސައިކަލާ ހަވާލުވެފައި ވަނީ ރިއުމާންގެ ފަރާތުން ތުހުފާ ހަމީދެވެ. ރިއުމާން އަށް އުރީދޫއިން ދީފައި ވަނީ އެއާބްލޭޑު 160 ގެ ކަޅު ކުލައިގެ ސައިކަލެކެވެ.
އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. ހަމައެއާއެކު އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.
މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި ތިން ޕީސީ އެކްސް ދިނުމަށް ހަމަޖެހިފައި ވެއެވެ. މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.