އެއްގަމު އުޅަނދުތަކަށް މިހާރު ދޫކޮށްފައިވާ ޑޮމެއިން ހުއްދަތައް އަލަށް ތައާރަފްކުރާ ޑޮމެއިން ހުއްދަތަކަށް، މި މަހު 17 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި ބަދަލު ކުރަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެއްގަމު އުޅަނދުގައި ބޭނުންކުރާ ޑޮމެއިން ހިދުމަތާ ގުޅޭގޮތުން މިއަދު އެ މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، އާ ސެކިއުރިޓީ ފީޗާތަކާ އެކު ތައާރަފް ކުރާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދައަށް ބަދަލު ކުރުމަށް ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުން ކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކިކަމުގެ ރަސީދު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އާ ޑޮމެއިން ހުއްދަތައް ހޯދުމަށް މި މަހުގެ 17 އިން ފެށިގެން 60 ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެގޮތުން އަލަށް ތައާރަފް ކުރި ޑޮމެއިން ހުއްދަތައް ހޯދުމަށް މިނިސްޓްރީއަށް ލިޔެކިޔުންތައް ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމާއެކު މި އީމެއިލް އަށް ނުވަތަ ޑޮމެއިންގެ މަސައްކަތަށް ހުޅުވާފައިވާ ކައުންޓަރަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ ލިޔުންތައް ހުށަހެޅުމުން ލިޔުންތައް ބަލައިގެން ކަމުގެ ލިޔުމެއް ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޑޮމެއިން ކައުންޓަރު ހުޅުވާފައި ހުންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެންދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށާއި އެ ކައުންޓަރު ހުންނާނީ އެ މިނިސްޓްރީގެ ގްރައުންޑް ފްލޯގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ޑޮމެއިން އާކުރުމަށް ދީފައިވާ މުއްދަތު ހަމަވުމަށް ފަހު އެ މިނިސްޓްރީން ޑޮމެއިންގެ ގޮތުގައި ބަލައިގަންނާނީ އާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި، ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަނި ކަމުގައި ވެސް އެ މިނިސްޓްީން ބުނެއެވެ.