ފުވައްމުލަކުން ގެއްލިގެން ހޯދަމުން ދިޔަ 4 އަހަރުގެ ކުޑަ ކުއްޖާ ފެނިއްޖެއެވެ.
މިއަދު 16:45 އެހައިކަންހާއިރު، ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ގެއްލުނު އިޒްޔާން ހުޝާމް މުހައްމަދު ހޯދާކަން ފުލުހުން އިއުލާން ކޮށްފައި ވަނީ މިރޭ ގާތްގަނޑަކަށް 18:45 އެހާއިރުއެވެ.
އެއާއެކު އާންމުންގެ އެހީތެރިކަމަށް އެދި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިޒްޔާން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ދާދި ދެންމެއަކު މައުލޫމާތު ދީފައެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފެނިފައި ވަނީ ފްލެޓެއްގައި ބަންދުވެފައި ހުއްޓައެވެ.