ގއ. ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ޕަވާ ސިސްޓަމެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ލަކީ ގްލޯބަލް ޕްރޮޖެކްޓްސް އާއި އެކު ސޮއިކޮށްފިއެވެ.

ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތާއި، އާރުއެސްޑަބްލިއު (މަސްދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމު) ފައިނޭންސް ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާ ފަރާތްތަކަށް އެވޯޑު ލެޓާ ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތޫޣާޢީ ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. ލަކީ ގްލޯބަލް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޝިޝް އޮބެރޯއީއެވެ. މިއީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް، 6.6 މިލިއަން ރުފިޔާގެ އަގަކަށެވެ.

މަސްދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމުގެ ފައިނޭންސް ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާ ފަރާތްތަކަށް އެވޯޑު ލެޓާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަޖީ މަޝްރޫއު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އާރުއެސްޑަބްލިއު ސިސްޓަމް މިހާރު ހުރީ ގާތްގަނޑަކަށް 74 ދޯނީގައި ކަމަށެވެ. މަސްވެރިން އައިސް ހޯދަން އެކި ސަރަހައްދުތަކަށް ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ތެލަށް ވެސް ބޮޑު ހަރަދެއް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ މިގޮތަށް ދިގު ދަތުރު ކުރުމަށް ފަހު އައިސް ޕްލާންޓުތަކާ ހަމައަށް ދެވޭއިރު އެ ޕްލާންޓުގައި އައިސް ހުސްވެފައި ހުންނަ މައްސަލަ ކުރިމަތިވާކަމަށެވެ.

މަސްވެރިން ބާނާމަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާ މަހުގެ ކޮލިޓީ ހިފެހެއްޓުމަށް މިނިސްޓްރީން މަސައްކަތްކުރަމުން އަންނައިރު ސްވެރިން ބާނާމަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުގެ މަތީން މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނޭ ކޯލް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.